Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަންނާނުންނަށް ފުރުސަތު ހޯދައިދިނުން

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ

މާލޭގައި މަސައްކަތް ކުރާ ފަންނުންވެރިންނަށް ފަހިފުރުސަތުތަކެއް ހޯދައިދެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2023 | އާދީއްތަ 17:20
ދިވެހި ފަންނާނެއްގެ ކުރެހުން ރައިސް ޞާލިހް ބައްލަވާލައްވަނީ

ދިވެހި ފަންނާނެއްގެ ކުރެހުން ރައިސް ޞާލިހް ބައްލަވާލައްވަނީ

ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާޓް ގެލެރީތައް ހުޅުވައި ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވާދެއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފަހިފުރުސަތުތައް ހޯދައިދޭން ބޭނުންވާ ކަމަށެވެ. މާލޭގައި މަސައްކަތް ކުރާ ފަންނުންވެރިންނަށް ފަހިފުރުސަތުތައް ހޯދައިދިނުމަށް ކުރި މަސައްކަތުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އުތުރާއި ދެކުނުން ރާއްޖޭގެ އެކި ހިސާބުތަކުގައި އާޓް ގެލަރީތައް ނުވަތަ އާޓްސް އެންޑް ކަލްޗަރ ސެންޓަރުތައް ހުޅުވިގެން ދިއުމަކީ އުންމީދެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ އެމަސައްކަތް ކުރެވުމުން ފަންނު ވެރިކަމާއި ސަގާފަތް ދިރުވައި، ތަރިކަ ރައްކާތެރިކުރުމަށް އިތުރު ބާރަކަށްވެގެންދާނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ އެރަށެއްގައި ސަގާފަތާއި ތަރިކަ ރައްކާކޮށް، އެފަދަ މަރުކަޒުތައް ގާއިމްކުރެވިގެން ދިއުމުން ފަތުރުވެރިންގެ ޝައުގުވެރިކަން އުފެދި، އެރަށަކަށް ދާން ބޭނުންވާ ކަމަށެވެ.

ނޭޝަނަލް އާޓް ގެލަރީ ފުރަތަމަ ހުޅުވިގެން ދިޔައީ 2005 ވަނަ އަހަރެވެ. 2006 ވަނަ އަހަރު ޕަރމަނަންޓް ކަލެކްޝަން ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ކުރެވި، ކުރެހުންތައް އެއްކުރުމުގެ މަސައްކަތް އެކި ސަރުކާރުތަކުން ކޮށްފައިވެއެވެ. ނަމަވެސް ޕަރމަނަންޓް ކަލެކްޝަންއެއް ގާއިމް ކުރެވިގެން ދިޔައީ މިސަރުކާރުން ކުރި މަސައްކަތުންނެވެ.

21 މެއި 2023 ގައި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވުމާއި ގުޅިގެން މި މެއި މަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 10ން ރޭގަނޑު 10ށް އަދި އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ހެނދުނު 10 ން އިރުއޮއްސި 6 ށް ނަމާދު ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ޕަރމަނަންޓް ކަލެކްޝަން ހުންނާނީ ހިލޭ ވަދެވޭގޮތަށް އާންމުކޮށް ހުޅުވާލެވިފައެވެ.

ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންފަންނާނުން

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2023

މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!

10 ސެޕްޓެމްބަރު 2023
މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!
04 ފެބުރުއަރީ 2023

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

04 ފެބުރުއަރީ 2023
ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި
20 ސެޕްޓެމްބަރު 2022

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ

20 ސެޕްޓެމްބަރު 2022
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ
02 ޖޫން 2022

"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި

02 ޖޫން 2022
"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި
11 މެއި 2022

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

11 މެއި 2022
ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު