Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް

މެރިންކޯގެ އެލީޓް ޔުނިޓް "ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް" އިފްތިތާޙުކޮށްފި

އެއްގަމާއި ކަނޑުގައި ހިންގަން ޖެހޭ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2022 | ހޯމަ 09:45
މެރިންކޯގެ އެލީޓް ޔުނިޓް "ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް" އިފްތިތާޙު ކުރުން

މެރިންކޯގެ އެލީޓް ޔުނިޓް "ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް" އިފްތިތާޙު ކުރުން

މެރިންކޯރ ގެ އެލީޓް ޔުނިޓް ނުވަތަ މެރިންކޯރގެ ޚާއްޞަ ބާރެއްކަމުގައިވާ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ)، މިނިސްޓަރ އޮފް ޑިފެސްންސް އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ އެމްއެންޑީއެފްގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި، ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ޚާއްޞަ ޔުނިޓެކެވެ. މިޔުނިޓު އިފްތިތާޙު ކުރެވިފައި މިވަނީ، ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނޭ ހުނަރު، ނުވަ މަސް ދުވަހުގެ ޓްރެއިނިންގއެއްގެ ތެރެއިން އުގަންނައި ދިނުމަށްފަހުގައެވެ.

Advertisement - newsAdvertisement

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުގެ ލައިވް ފަޔަރ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ. މި ޑެމޮންސްޓްރޭޝަންގައި ނިރުބަވެރި ހަނގުރާމަވެރިންތަކެއްގެ ސްޓްރޯންގް ހޯލްޑެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް އެސްއޯޖީ މެރިންސް ވަނީ ދައްކާލާފައެވެ. މި ރެއިޑް އޮޕަރޭޝަންގައި، ‘އެފެކްޓްސް އޮފް ފަޔަރ’ މެކްސިމައިޒް ކުރުމުގެ ގޮތުން، ކަނޑުމަގުން އޮޓޮމެޓިކް މެޝިން ގަންއަކުން ކަވަރިންގ ފަޔަރ ދިނުމާއި، އެކި ވައްތަރުގެ އެކްސްޕްލޯސިވްސް ބޭނުންކޮށްގެން އިމާރާތެއް ގޮއްވާލުމާއި، މެކޭނިކަލް އަދި އެކްސްޕްލޯސިވްސް ބްރީޗްކޮށްގެން ރޫމްތަކަށް ވަދެ ރޫމް ކްލިއަރ ކުރާނެ ގޮތްތައް ވަނީ ދައްކާލާފައެވެ.

ނުވަ މަސް ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލޭ ޕޯސްޓް އަދި ލ. ކައްދޫ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައި ހިންގި މި ކޯހުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ނިސްބަތްވާ 30 މެރީންސް ބައިވެރިވިއެވެ. މީގެ ތެރޭގައި އެސްއޯޖީގެ ހަތަރު އޮފިސަރުން ވެސް ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް ވަނީ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލްކޮށްފައެވެ. މީގެ އިތުރުން ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ އެސްއޯޖީ ޔުނިޓުގެ ޓެބާއި، އެސްއޯޖީގެ ފްލޭޝް އަދި އެސްއޯޖީގެ ބެރޭ ހަވާލުކުރައްވާފައެވެ. މީގެއިތުރުން، ތަމްރީނު ފުރިހަމަކޮށް، ޓެބް ހާސިލްކުރި މެރިންސްއަށް މި ރަސްމިއްޔާތުގައި ވަނީ މަޤާމުގެ ކުރިއެރުން ހަވާލުކޮށްދެއްވާފައެވެ. ތަމްރީނު ފުރިހަމަކުރި އެސްއޯޖީގެ މެރިންސްއަށް ބެރޭއާއި މަޤާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އެވެ. އަދި، މަޤާމުގެ ރޭންކު ހަވާލުކޮށްދެއްވީ މެރީންސްގެ އާއިލާތަކުގެ މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި އެސްއޯޖީ މެރިންސްއަށް އެސްއޯޖީގެ ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި އެސްއޯޖީގެ ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ކޯސް ވިލަރެސް ކޮށްފައިވަނީ މެރިން ކޯރ ޓްރެއިނިންގ ސްކޫލުންނެވެ. މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ވޯޓަރބޯން އޮޕަރޭޝަންސް، ޓެކްޓިކަލް ކޮމްބެޓް ކެޝުއަލްޓީ ކެއަރ، ވޯރ ފައިޓިންގް އެންޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގް، ކޮމްބެޓް ޑައިވިންގް، މާޝަލް އާޓްސް، އަދި ޓެކްޓިކަލް ރެޕަލިންގް ފަދަ ބައިތައް ހިމެނެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން، އަދި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ސީއެމްއީސީން އިމާރާތް ކުރި 1500 ހައުސިންގ ޔުނިޓް ސަރުކާރާއި ހަވާލު ކުރަނީ

ޗައިނާގެ ސީއެމްއީސީން އިމާރާތް ކުރި 1500 ހައުސިންގ ޔުނިޓް ސަރުކާރާއި ހަވާލު ކުރަނީ

04 ޑިސެމްބަރު 2017
ދިއްދޫގެ ހައުސިން ޔުނިޓްތައް އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހޯދައިދޭނަން: ހާޝިމް

ދިއްދޫގެ ހައުސިން ޔުނިޓްތައް އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހޯދައިދޭނަން: ހާޝިމް

03 ނޮވެމްބަރު 2017
ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި 300 ހައުސިންގ ޔުނިޓް އަޅަނީ

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި 300 ހައުސިންގ ޔުނިޓް އަޅަނީ

15 އޮކްޓޯބަރު 2017
ހަތަރު ރަށެއްގެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފި

ހަތަރު ރަށެއްގެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފި

14 ސެޕްޓެމްބަރު 2017
މަތީފަންތީގެ ހައުސިން ޔުނިޓްތައް ގާއިމް ނުކުރެވެނީ ރަގަޅު ފައިނޭޝިއަލް ފްލޭނެއް އޮވެގެން: ސައިމަން

މަތީފަންތީގެ ހައުސިން ޔުނިޓްތައް ގާއިމް ނުކުރެވެނީ ރަގަޅު ފައިނޭޝިއަލް ފްލޭނެއް އޮވެގެން: ސައިމަން

06 ޖުލައި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު