Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން

50 ގަޑިއިރު މޫދު އަޑީގައި: ކަނޑު ފަޅު ރައްކާތެރިކުރުމަށް ވަރުގަދަ މެސެޖެއް

27 ފެބުރުއަރީ 2022 | އާދީއްތަ 13:50

މި ހަރަކާތާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެންދާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 ފެބުރުއަރީ 2022 | އާދީއްތަ 13:50
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ޝަފްރާޒް ނައީމް މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރުން

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ޝަފްރާޒް ނައީމް މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރުން

ކަނޑު އަޑީގައި 50 ގަޑިއިރު މީހަކު ހޭދަކުރާ ވާހަކަ ބުނުމަކީ އެއްބަޔަކަށް ގަބޫލުކުރަން ދަތިކަމަކަށް ވެދާނެއެވެ. ނަމަވެސް މިއަދު ރާއްޖޭގައިވެސް އެކަން މިވަނީ ހަގީގަތަކަށް ހަދާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން, ރާއްޖޭގެ ކުޅަދާނަ ޑައިވަރު ޝަފްރާޒް ނައީމް ވަނީ 50 ގަޑިއިރު މޫދުގެ އަޑީގައި ހޭދަކޮށްފައެވެ. ޔުނިއެކްސް ސްޕޯޓިންގއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ, ފަރުތަކާއި މޫދާއި، އެތަންތަނުގެ ދިރުންތައް ރައްކާތެރިކަމާއެކު ކުރިއަށް އޮތް ޖީލާ ހަމައަށް ގެންދިއުމަށްޓަކައި ވަރުގަދަ މެސެޖެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ޝަފްރާޒް މޫދަށް ފައިބާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކުޑަގިރި ފަޅުތެރެއަށް ފައިބައިގެން ހުކުރު ދުވަހުގެ މެންދުރުފަހު 3:30 ހާއިރު ފެށި މި ހަރަކާތަށް ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭހެން ގިނަ ބަޔަކު އަންނަނީ ހިތްވަރު ދެމުންނެވެ.

މީގެ ކުރިން މިލިޓަރީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި އަދި ރިކްރިއޭޝަނަލް އިންސްޓްރަކްޓަރ ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝަފްރާޒަކީ ޑައިވިންގ އިންޑަސްޓްރީގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ދުނިޔޭގެ އެކި ކަނޑުތައް ދަންނަ ޝަފްރާޒަކީ ރާއްޖޭގެ މޫދު އަޑީގެ ގިނަ ހިސާބުތައް ދަންނަ ކުޅަދާނަ ޑައިވަރެކެވެ. ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ އެތައް ސަތޭކަ މީހުންނެއް ޑައިވިންގގެ ދާއިރާގައި ތަމްރީނުކޮށްފައެވެ. އޭގެތެރޭގައި ސްކޫބާ ޑައިވްއާއި, އޯޕެން ޑައިވްއާއި، މޯލްޑިވްސް ކޯސްޓްގާޑް، ސްޕެޝަލް ފޯރސް އަދި މެރިންގެ މެމްބަރުންވެސް ހިމެނެއެވެ.

މި ދާއިރާގައި މީހުން ތަމްރީނު ކުރުމުގެ އިތުރުން، ޝަފްރާޒް ވަނީ ރާއްޖޭގެ ކަނޑުއަޑީގެ އެތަކެއް ރީތި ތަންތަން ދިރާސާކޮށް، ހޯދާފައެވެ. މީގެ ތެރޭގައި އެކި ފަރުފަރާއި އަޑިގުޑަންތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ މެރިން އެކޯސިސްޓަމާގުޅޭ ގިނަ މައުލޫމާތުތަކެއް އޭނާ ވަނީ އުނގެނިފައެވެ.

ކޮންމެ އަހަރަކު ސިންގަޕޫރުގައި ކުރިއަށް ގެންދާ އޭޝިއާ ޑައިވް އެކްސްޕޯގައި ބައިވެރިވުމަށް ޝަފްރާޒަށް ވަނީ ޖެހިޖެހިގެން 6 އަހަރު ދައުވަތު ލިބިފައެވެ. އޭނާ މި އެކްސްޕޯގެ ޓެކް ކޮންފަރެންސްގައި ވަނީ އޭނާގެ ތަޖުރިބާތައް ބައިވެރިންނާ ހިއްސާ ކޮށްފައެވެ.

ޑައިވްކުރުމާއި ދާއިރާގައި މީހުން ތަމްރީނު ކުރުމުގެ އިތުރުން ޝަފްރާޒަކީ އަންޑަރވޯޓަރ ފޮޓޯގްރާފަރެއްވެސްމެއެވެ. އޭނާ ވަނީ އަންޑަރވޯޓަރ ފޮޓޯ ނެގުމުގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައެވެ. ޝަފްރާޒްގެ ފޮޓޯތައް ވަނީ ގައުމީ, އަދި ބައިނަލްއަގްވާމީ އެކި ޕަބްލިކޭޝަންސްތަކުގައި ހިމަނާފައެވެ. އަދި "ބެސްޓް އޮފް ޝޯވ ބައި ދަ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް 2007" އާއި "އަންޑަރވޯޓަރ ފޮޓޯގްރަފީ" ކެޓަގަރީންވެސް އޭނާއަށް ވަނީ އެކި ވަނަތައް ލިބިފައެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އަމިއްލަ ފަރާތްތަކާއި ގުޅިގެން ސަރުކާރުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މި ހަރަކާތަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ހަރަކާތަކަށް ވުމުގެ އިތުރުން، ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ރާއްޖޭގެ މޫދާއި ގޮނޑުދޮށްތައް ބަލާލުމަށް އަންނަ ފަރާތްތަކަށް ވާތީ, މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 މެއި 2018

ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި

13 މެއި 2018
ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި
09 މެއި 2018

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
29 މާރިޗު 2018

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

29 މާރިޗު 2018
ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
10 ޖެނުއަރީ 2018

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!
13 ނޮވެމްބަރު 2017

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ
26 އޯގަސްޓު 2017

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
09 ޖުލައި 2017

ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

09 ޖުލައި 2017
ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!
06 ޖުލައި 2017

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

06 ޖުލައި 2017
މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް