Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކޯޓުން ހުކުމްކޮށްފި

ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 11:47
މަހުމޫދު މަރާލި މީހާ - ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

މަހުމޫދު މަރާލި މީހާ - ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމަހުގެ 17ވީ ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި މަހުމޫދުގެ ހުރިހާ ވާރިސުންގެ ވަނީ ހެކިބަސް ނަގާފައިވެއެވެ. އެންމެންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ.

މި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

ޖެނުއަރީ މަހުގެ 26ގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޝާ އަލޮމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައާއި އަދި އެ ދުވަހުގެ އަޑުއެހުމުގައިވެސް އެ އިއުތިރާފް ދަމަހައްޓާފައިވާތީ, އެއީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި، ޝާ އަލޮމް މިއާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އަމަލުކޮށްފައިވާ ގޮތުން, ޝާ އަލޮމްގެ މައްޗަށް އުފުލާފައިވާ "މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ"ވެސް ދައުލަތުން އިއްވާފައިވާއިރު، އެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެއާއެކު އެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މަހުމޫދު ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިން ކަމަށްވާ; މަރިޔަމް ނައުމާއާއި، މަރިޔަމް މިޒްނާއާއި, އަދި ފިރިހެން ދަރިންގެ ތެރެއިން ފިޒާންއާއި، އަހުމަދު ފިރުޝާން، އިބްރާހީމާއި, މަހުމޫދުގެ މަންމައެވެ. މަހުމޫދުގެ ބައްޕަ މިވަގުތު ދުނިޔޭގައެއް ނެތެވެ. މަހުމޫދު މަރުވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. މަހުމޫދު ނިޔާވިއިރު އޭނާގެ އަނބިމީހާ މުއުމިނާ އުމަރުވެސް ދުނިޔޭގައި އެބަހުއްޓެވެ.

އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ, ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ވަނީ މަހުމޫދު މަރާލިކަމަށް އެއްބަސްވެފައެވެ.

މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށްވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި މަހުމޫދަށް ހަމަލާދިނުމުގައި ތޫނު ހަތިޔާރު ބޭނުން ކޮށްފައިވާއިރު, މަހުމޫދުގެ ބައެއް ތަކެތި ޝާ އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ފުރަތަމަ ހަމަލާ ދީފައިވަނީ ނެދުން ގޭގައި ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހޯދިފައިވާ ފޫޓޭޖްތަކުން އެކަން ސާފުވާ ކަމަށާއި، ފަސްގަޑިއިރު ފަހުން ކޮނޑުމައްޗަށް މީހެއްގެ ހަށިގަނޑުލައިގެން ދާތަން ފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެގޭގައި ވަޅުލާފައިވާ މަހުމޫދުގެ ހުރިހާ ސާމާނެއް ހޯދިފައިވާ ކަމަށާއި، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ނެދުން ގެއިން ދެތިން ހަތިޔާރު ފެނިފައިވާ ކަމަށާއި، ހެކީގެ ގޮތުގައި އެހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާދީފައިވަނީ ކުރިއާލައި ރާވައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު