Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ ސިފައިންނަށް މާބޮނޑި ދޭ ފޮޓޯ

ދަރިވަރުން އިންޑިއާ ސިފައިންނަށް މާބޮނޑި ދޭ ފޮޓޯ އަކީ 2014 ވަނަ އަހަރުގެ ފޮޓޯއެއް: ވިލުފުށީ ސްކޫލް

24 ފެބުރުއަރީ 2022 | ބުރާސްފަތި 12:11

ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިއުމަކީ ވަރަށް އިސްކަމެއްދީގެން ކުރަމުންގެންދާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 ފެބުރުއަރީ 2022 | ބުރާސްފަތި 12:11
ދަރިވަރުން އިންޑިއާ ސިފައިންނަށް މާބޮނޑި ދޭ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯ

ދަރިވަރުން އިންޑިއާ ސިފައިންނަށް މާބޮނޑި ދޭ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯ

އިންޑިއާ ސިފައިންނަށް މާބޮނޑި ދިނުމަށް ސުކޫލު ދަރިވަރުން ނެރެމުންދާ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯއަކީ 2014 ވަނަ އަހަރުގެ ފޮޓޯއެއްކަން ހާމަވެއްޖެއެވެ.

މިފޮޓޯއާ ގުޅޭ ގޮތުން ތ.ވިލުފުށީ ސްކޫލުން ބުނީ އިންޑިޔާ ސިފައިންނަށް މާބޮނޑި ދިނުމަށް ސްކޫލްތަކުގެ ދަރިވަރުން ނެރޭ ކަމަށް ދޭހަވާގޮތަށް ލިޔެ ސޯޝަލް މީޑިޔާގައި ދައުރުކުރަމުންދަނީ އެސްކޫލުގެ ދަރިވަރުން ހިމެނޭ ފޮޓޯއެއް ކަމަށެވެ. އަދި އެ ފޮޓޯ އަކީ 2014 ވަނަ އަހަރު ވިލުފުށި ސިއްހީ މަރުކަޒުގައި ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕް އަކަށް އެރަށަށް ދިޔަ ޑޮކްޓަރުންގެ ޓީމް ސްކޫލަށް ޒިޔާރަތްކުރުމުން އެ ޓީމަށް މަރުޙަބާ ކިއުމުގެ ގޮތުން ސްކޫލްގެ ފަރާތުން އެ ޓީމަށް މާ ބޮނޑިއެއް ހަދިޔާކުރާ މަންޒަރުގެ ފޮޓޯ އެއްކަމަށެވެ.

Advertisement - newsAdvertisement

އެ ދުވަހުގެ ފޮޓޯތައް ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާކަން ފާހަގަކޮށް ވިލުފުށީ ސްކޫލުން ބުނީ ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިއުމަކީ ވަރަށް އިސްކަމެއްދީގެން ކުރަމުންގެންދާ ކަމެއް ކަމަށެވެ. މިފަދަ ގޮތަކަށް ފޮޓޯ ދައުރުކުރަމުން ގެންދިއުމަކީ ސްކޫލާއި، އެ ރަށުގެ ރައްޔިތުންނަށް އަދި ޖުމްލަ ގޮތެއްގައި މުޅި ތައުލީމީ ދާއިރާއަށް ވެސް ނުހަނު ކުޑައިމީސްކޮށްފައިވާ ކަމެއްގެ ގޮތުގައި އެސްކޫލުން ސިފަކޮށްފައިވެއެވެ.

މީގެ އިތުރުން އެސްކޫލުން ބުނީ މިފަދަ ގޮތަކަށް ދަރިވަރުންނާއި ސްކޫލްތަކުގެ އަގު ވައްޓާލުމަކީ ބަޔަކު ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. މިމުޖުތަމައު އަކީ މިފަދަ ފިތުނަ ފަސާދައިން ދުރުހެލިވެފައިވާ މުޖުތަމައު އަކަށް ހެދުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާއަދާކޮށް، ހަގީގަތް ނޭނގި ތިބެ މިފަދަ ޕޯސްޓުތައް ދައުރުކުރުމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާ ސިފައިންނަށް މާބޮނޑި ދިނުމަށް ސުކޫލު ދަރިވަރުން ނެރެމުންދާ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯގެ ހަގީގަތް ހާމަކޮށްފައިވާއިރު، އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމް.އެން.ޑީ.އެފް.ގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ވެސް ވަނީ އެމް.އެން.ޑީ.އެފުން ހާމަކޮށްފައެވެ. އެ މައްސަލައާ ގުޅިގެން އެމް.އެން.ޑީ.އެފް އިން ބުނީ އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީ ޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުން ކަމަށާއި، މި މީހުން މިމަހުގެ 19 ވަނަދުވަހު ފުރާފައިވާ ކަމަށެވެ. މިގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން، ސިފައިންނާ ގުޅިގެން ކަަމަށް އެން.އެން.ޑީ.އެފުން ބުނެއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު ގެންދަވަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް