Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓްރެވަލް ތަކާފުލް

ޓްރެވަލް ތަކާފުލްގެ ހިދުމަތަށް "ކޮވިޑް-19 ކަވަރ" އިތުރުކޮށްފި

24 ފެބުރުއަރީ 2022 | ބުރާސްފަތި 03:37

"ޓްރެވަލް ތަކާފުލް" އަކީ ދަތުރުމަތީގައި ކުރިމަތިވާ ހުރަސްތަކަށް ލުއިކަން ހޯދައިދޭ ޕްލޭނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ފެބުރުއަރީ 2022 | ބުރާސްފަތި 03:37
އެލައިޑް އިންޝުއަރަންސް ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެލައިޑް އިންޝުއަރަންސް ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އަޔާދީ ތަކާފުލްއިން ފޯރުކޮށްދެމުން އަންނަ ޓްރެވަލް ތަކާފުލްގެ ހިދުމަތަށް "ކޮވިޑް-19 ކަވަރ" އިތުރުކޮށްފިއެވެ.

ދަތުރުވެރިންގެ އެކި ބޭނުންތަކަށް ފުދޭނެހެން ފަރުމާކޮށްފައިވާ ޓްރެވަލް ތަކާފުލްއަށް އިތުރުކޮށްފައިވާ "ކޮވިޑް ކަވަރ"ގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމެއް ކަށަވަރުވެގެންދާނެ ކަމަށް އެލައިޑުން ބުނެއެވެ. އެގޮތުން އަލަށް ހިމަނާފައިވާ "ކޮވިޑް ކަވަރ"އިން ބަދަލު ލިބޭ މުހިންމު ހާލަތްތަކުގެ ތެރޭގައި؛ ދަތުރު ތެރޭގައި ކޮވިޑަށް ފައްސިވެގެން އައިސޮލޭޓް ވާން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަށް ދާ ހަރަދު، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން އިމަރޖެންސީ ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ އެކަމަށް ދާ ހަރަދު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކޮވިޑަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތް ތަނެއްގައި ދަތުވެރިޔާ ހުންނަ ހާލަތެއްގައި، މެޑިކަލް އިވެކުއޭޝަންގެ ހިދުމަތަށްވެސް ޓްރެވަލް ތަކާފުލްގެ "ކޮވިޑް ކަވަރ" ތެރެއިން ބަދަލު ލިބެއެވެ.

މިިހާރުވެސް ދަތުރުވެރިންގެ މެދުގައި މަގުބޫލު "ޓްރެވަލް ތަކާފުލް" އަކީ ދަތުރުމަތީގައި ކުރިމަތިވާ ހުރަސްތަކަށް ލުއިކަން ހޯދައިދޭ ޕްލޭނެކެެވެ. އެގޮތުން ފައިސާއާއި އަގުބޮޑު މުދާ އަދި ޕާސްޕޯޓް ފަަދަ މުހިންމު ލިޔެ ކިޔުންތަކަށް ލިބޭ ގެއްލުުމާއި ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާތަކަށް މިޕްލޭނުން ކަވަރޭޖް ޔަގީންކޮށްދެއެވެ. އެހެންކަމުން މިފަހަރު މިއިތުރުވި "ކޮވިޑް ކަވަރ" އާއި އެކު މިޕްލޭން ވެގެންދާނީ، ނިއު ނޯމަލްގެ ތެރެއިން އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެންމެންވެސް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއްކަން ހަނދުމަކޮށްދޭ ޕްލޭނަކަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ސަބަބުން ދަތުރު ފަތުރުކުރުމުގައި ގިނަ ގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދުވަސްވަރަށް ހާއްސަކޮށްގެން ކަސްޓަމަރުންގެ ބޭނުންތައް ފުއްދާ ދިނުމުގެ ނިޔަތުގައި ތައާރަފުކޮށްފައިވާ މިކަވަރގެ ރައްކާތެރިކަން ހުރިހާ ދަތުރުވެރިންނަށް ލިބިގެންދާނެ ކަމަށް އަޔާދީ އިން ބުންޏެވެ.

މައިއެލައިޑް.އެމްވީ ޕޯޓަލް މެދުވެރިކޮށް ޓްރެވަލް ތަކާފުލްގެ ހިދުމަތް ވަގުތުން ހޯދޭނެއެވެ. އަދި އިތުރު މައުލޫމާތު 1600 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި

24 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި
21 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
19 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

19 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ
07 ނޮވެމްބަރު 2017

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް