Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ގެ އައު އުސޫލު

ރަށްރަށުގައި ކޮވިޑް ފެތުރޭ ހާލަތުގައި، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އަމަލުކުރަންވީގޮތުގެ އުސޫލު އާންމުކޮށްފި

23 ފެބުރުއަރީ 2022 | ބުދަ 19:26

ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން، ރަށުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ޕްލޭން އެކުލަވާލަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ފެބުރުއަރީ 2022 | ބުދަ 19:26
ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް

ރަށްރަށުގައި ކޮވިޑް ފެތުރޭ ހާލަތުގައި, ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އަމަލުކުރަންވީގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ, "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގައި ބުނެފައިވަނީ, ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން, ރަށުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ޕްލޭން އެކުލަވާލައި, ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް ވަނީ އަންގާފައެވެ. އަދި ރަށުގައި ހުންނަ ކަމާގުޅޭ އެހެނިހެން އިދާރާތަކާގުޅިގެން, ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެކި ބޭނުންތަކަށް ރަށުން ބޭރުގައި އުޅެފައި ރަށަށް އެނބުރި އަންނަ މީހުންނާއި, ރަށުން ފުރާ މީހުން، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންގުމާއި އެކަންކަން މޮނިޓަރ ކުރުމުގެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. އަދި ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް އެޗް.ޕީ.އޭ.އިން އާންމުކުރާ އެންގުންތަކާއި ގައިޑްލައިންތައް ރަށުގައި ތަންފީޒުކުރުމާއި, ސިއްހީ ޚިދުމަތްދޭ މަރުކަޒާ ގުޅިގެން, ފުލުހުންގެ އެހީތެރިކަމާއެކު އާންމުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުން ހިމެނެއެވެ.

މީގެ އިތުރުން ދަތުރުކުރުމާގުޅިގެން އެޗް.ޕީ.އޭ.އިން އެއިރަކު ކަނޑައަޅާފައިވާ ގޮތުގެ މަތިން، ފުރަބަންދު ކަރަންޓީން ވާންޖެހޭ ފަރާތްތައް ފުރަބަންދު ކަރަންޓީނަށް ލުމާއި، ކަރަންޓީނުގައި ތިބޭއިރު ދޭންޖެހޭ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުންގެ މައުލޫމާތު ހޮސްޕިޓަލަށް ނުވަތަ ސިއްހީ މަރުކަޒަށް ދިނުންވެސް އުސޫލުގައި ހިމެނެއެވެ.

އަދި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ގޭގައި އެކަހެރިވުމާއި ކަރަންޓީނުވުމުގައި, ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެހީތެރިކަންދިނުމާއި، މިގޮތަށް މީހުން އެކަހެރިވެފައި ނުވަތަ ކަރަންޓީނުވެފައިވާ ގެތައް މޮނިޓަރކުރުމާއި ޚާއްސަ ސަމާލުކަން ދޭންޖެހޭ ފަރާތްތައް ދެނެގަތުން ހިމެނެއެވެ.

އަދި ކޮވިޑް-19އާ ގުޅިގެން ގޭގައި އެކަހެރިކޮށްފައިވާ ކަރަންޓީނުގައި ތިބޭ މީހުންނަށް ބޭނުންވާ ޒަރޫރީ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން އާންމުކުރެވޭ ގައިޑްލައިންތަކަށް އާންމުން ހޭލުންތެރިކުރުވުމާއި އަހުލުވެރިކުރުވުމަށް ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން, އުސޫލުގައި ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ރަށު ލެވެލްގެ ޓާސްކްފޯސް އެކުލަވާލުމާއި ޓާސްކްފޯސްގެ މެމްބަރުންނާއި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި މަސައްކަތަށް އަހުލުވެރިކުރުމުގެ ކަންތައްތައް ރާވައި ހިންގުން މި އުސޫލުގައި ހިމެނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
15 މާރިޗު 2017

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
13 މާރިޗު 2017

ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި:އެޗްޕީއޭ

13 މާރިޗު 2017
ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި:އެޗްޕީއޭ
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް