Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުން

ރާއްޖޭގައި 280ށްވުރެ ގިނަ މުރަކައިގެ ބާވަތާއި 1200ށްވުރެ ގިނަ މަހުގެ ބާވަތް ނެތިދިއުމުގެ ބިރުހީވެއްޖެ

23 ފެބުރުއަރީ 2022 | ބުދަ 14:27

40ށްވުރެ ގިނަ ބާވަތްތަކުގެ މިޔަރާއި މަޑި، 20 ބާވަތެއްގެ ކޯމަހާއި ފެހުރިހި ނެތިދިއުމުގެ ބިރުހީވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ފެބުރުއަރީ 2022 | ބުދަ 14:27
ރާއްޖޭގެ ފަރުތަކުގައި ހުރި މުރަކަތައް ހުދުވާ މައްސަލަ ވެސް ސަމާލުކަމަށް އައިސްފައިވޭ

ރާއްޖޭގެ ފަރުތަކުގައި ހުރި މުރަކަތައް ހުދުވާ މައްސަލަ ވެސް ސަމާލުކަމަށް އައިސްފައިވޭ

ދިވެހިރާއްޖެއިން 280ށްވުރެ ގިނަ މުރަކައިގެ ބާވަތާއި 1200ށްވުރެ ގިނަ މަހުގެ ބާވަތައް ނެތިދިއުމުގެ ބިރު ހީވެއްޖެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން "ނެޝަނަލް ރެޑްލިސްޓް"ގެ މަސައްކަތް މިމަހުގެ 20ވީ އާދީއްތަ ދުވަހުން ފެށިގެން ދަނީ ކުރިއަށެވެ. މި މަސައްކަތަކީ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި މެނޭޖްމަންޓް ޕްލޭންތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން, ރާއްޖެއިން ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ދިރުންތަކާއި އެތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ, ދިރުންތައް ގިންތިކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ, މިހާތަނަށް ރެކޯޑް ކުރެވިފައިވާ ގޮތުން ނުރައްކާ ކުރިމަތިވެފައިވާ ރާއްޖޭގެ 280 އަށްވުރެ ގިނަ މުރަކައިގެ ބާވަތާއި 1200އަށްވުރެ ގިނަ މަހުގެ ބާވަތާއި 40 ހަށްވުރެ ގިނަ ބާވަތުގެ މިޔަރާއި މަޑި، 20 ބާވަތެއްގެ ކޯމަހާއި ފެހުރިހި، 5 ބާވަތެއްގެ ވެލާ، 200އަށްވުރެ ގިނަ ބާވަތުގެ ދޫނި، ގަސްގަހާގެހީގެ 580 ބާވަތް, އަދި 15 ބާވަތެއްގެ މެންގްރޫވް ގަސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވެސް އިތުރު އެތައް ދިރުމެއް ރާއްޖޭގައި ދިރިއުޅޭކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއިން ކޮންމެ ބާވަތެއް ރާއްޖޭގައި ހުރި ސީދާ އަދަދު ދެނެގަތުމަކީ ދަތިކަމެއް ކަމުގައިވީނަމަވެސް، އެތަކެއްޗަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އާބާދީއާއި ގުޅޭ ތަފާތު ދިރާސާތަކުން ދިރޭތަކެތީގެ އާބާދީގެ އަންދާޒާއެއް ކުރެވޭނެ ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް އެތަކެއްޗަށް ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ މިންވަރު ދެނެގަނެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ މިންވަރު ދެނެގަތުމަށް ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން ބޭނުންކުރެވެނީ އައިޔޫސީއެން (IUCN) ގެ "ރެޑްލިސްޓް އޮފް ތްރެޓްންޑް ސްޕީޝީޒް" އަދި މިކަމަށް ތައްޔާރުކޮށްފައިވާ އުސޫލުތަކެވެ. ގިނަ އުސޫލުތަކާ އެއްގޮތަށް ގައުމީ ފެންވަރުގައި ރެޑްލިސްޓް އެކުލަވާލައެވެ.

ފާއިތުވެދިޔަ އަހަރުތަކަށް އިޝާރާތްކޮށް މިނިސްޓްރީން ބުނީ އިންސާނުންގެ ފަރާތުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެތައް ބާވަތެއްގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ނެތި ދިއުމުގެ ބިރު ކުރިމަތިވެފައިވާ ދިރޭތަކެތީގެ ވަގު ވިޔަފާރިއަކީ ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ 5 ވަނައަށް އެންމެ ބޮޑު އެއް ޖަރީމާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ނަތީޖާއެއް ގޮތުން، ހިމާޔަތްކޮށްފައިވާ ބާވަތްތައް ނެތެމުން ދަނީ ތަސައްވަރު ވެސް ނުކުރެވޭހާ ހަލުވިމިނެއްގައެވެ. އައިޕީބީއީއެސް (IPBES)ގެ ގްލޯބަލް އެސެސްމެންޓް ރިޕޯޓްގައިވާ ގޮތުން، މިހާރުވެސް މިލިއަނަކަށް ވުރެ ގިނަ ބާވަތުގެ ދިރޭތަކެތި މި ދުނިޔެއިން ނެތިގެންދާނެކަމުގެ ބިރު އެބައޮތެވެ. މިކަމަށް މަގު ފަހިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، އޯވަރ-އެކްސްޕްލޮއިޓޭޝަންނުވަތަ އުފެދޭ މިންވަރަށްވުރެ ގިނައިން ބޭނުންކުރުން، އަދި މާހައުލަށް ގެންނަ ބަދަލުތައްފަދަ ކަންކަމުންނެވެ.

ގިނަ ގައުމުތަކުން އައިޔޫސީއެންގެ ރެޑްލިސްޓާ އެއްގޮތަށް އަމަލުކުރަމުން އައި ނަމަވެސް މިއަދާއި ހަމަޔަށް ރާއްޖޭގައި އެފަދަ ލިސްޓެއް އެކުލަވާލެވިފައިނުވާ ކަން މިނިސްޓްރީ އިން ފާހަގަ ކުރެއެވެ.. އެހެންކަމުން ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސް އެއިޑް) ގެ ހިލޭއެހީގެ ދަށުން އައިޔޫސީއެންއާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓު ރީޖެނަރޭޓްގެ އެހީތެރިކަމާއެކު މިނިސްޓްރީން ވަނީ ނޭޝަނަލް ރެޑްލިސްޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޓެކްނިކަލް ކޮމެޓީއެއް އެކުލަވާލައި، ޓެކްނިކަލް ކޮމިޓީގެ ލަފަޔާ އެކު 3 ބާވަތެއްގެ ދިރޭތަކެތި އެސެސްކުރުމަށް 3 ވަރކިންގ ގްރޫޕެއް އެކުލަވާލާފައިވެއެވެ. އެއީ މެރިން ރެޕްޓައިލްސް ނުވަތަ ވެލާ ކަހަނބާ ބެހޭ ވޯކިން ގުރޫޕް، މެންގުރޫވް ނުވަތަ ކުޅީގެ ގަސްތަކާ ބެހޭ ވޯކިން ގުރޫޕް އަދި ކޮރަލްސް ނުވަތަ މުރަކައިގެ ބާވަތްތަކާ ބެހޭ ވޯކިން ގުރޫޕެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮންމެ ވޯރކިން ގުރޫޕެއްގައި ވެސް މަސައްކަތް ކުރާނެ ޓީމުތަކެއް އެކުލަވާލުމަށްފަހު ކުރެވުނު އަމަލީ މަސައްކަތުން މިއަދާ ހަމައަށް ރާއްޖޭގައި އުޅޭ ވެލާ ކަހަނބު 5 ބާވަތުގެ އެސެސްމެންޓް ނިމިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް