Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޔުވެންޓަސް އެއްވަރު، ޗެލްސީން ކުއާޓާއާ ގާތަށް

23 ފެބުރުއަރީ 2022 | ބުދަ 12:58

ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 23 ފެބުރުއަރީ 2022 | ބުދަ 12:58
ޔުއެފާ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ލިލް ބަލިކޮށް ޗެލްސީން ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ވިޔަރެއާލް އާއި ދެކޮޅަށް ޔުވެންޓަސްއިން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 32 ވަނަ ސިކުންތުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލިޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެ ޓީމާއި ގުޅުނު ޑޫސާން ވްލަހޯވިޗްއެވެ. މިއީ ވްލަހޯވިޗް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މި ލަނޑު ވްލަހޯވިޗް ކާމިޔާބުކުރީ ޑަނީލޯގެ އެހީތެރިކަމާއެކުގައެވެ.

އޭގެ ފަހުން ވިޔަރެއާލުން ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ހާފަށް ބާރުބޮޑުކުރިއެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ވިޔަރެއާލްގެ ޖިއޮވާނީ ލޮ ސެލްސޯއަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އޭގެ ތިން މިނެޓު ފަހުން ވިޔަރެއާލްގެ އާނޯޓް ޑަންޖޫމާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއަށް ލީޑު ފުޅާކުރަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 65 ވަނަ މިނެޓުގައި ވިޔަރެއާލުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑަނީ ޕަރޭހޯއެވެ.

މީގެ އިތުރުން އަމިއްލަ ދަނޑުގައި ޗެލްސީން ލިލް އާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ކައި ހަވާޓްޒް އެވެ. މިއީ ހަކިމް ޒިޔެޗް ނެގި ކޯނަރެއްގެ ބޭނުން ހިފައި ހަވާޓްޒް ޖެހި ލަނޑެކެވެ. މި ލަނޑުގެ ކުރިން ވެސް ހަވާޓްޒްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފުގައި ޗެލްސީއަށް ލީޑު ފުޅާކުރަން ވެސް ފުރުސަތު ލިބުނެވެ. އެގޮތުން ޗެލްސީގެ މާކޯސް އަލޮންސޯ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ލިލްގެ ކީޕަރު ލެއޯ ޖާޑިމްއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕްލިސިޗްއެވެ. މިއީ އެންގޯލޯ ކާންޓޭގެ އެހީތެރިކަމާއެކު ޕްލިސިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީން ލިލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗާއި ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ވިޔަރެއާލާ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް