Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަފުތާ ރެސް ޕްރޮގްރާމް - ވޭމަންޑޫ

އިޖުތިމާއީ ވިލުންވެރިކަން ގާއިމުކުރުމަށް ހުރިހާ ލެވެލްއެއްގައި މަސައްކަތް ކުރަންޖެހޭ: ޔޫތު މިނިސްޓްރީ

އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށް އެކުވެރި އުފާވެރި މާހައުލެއް ގާއިމުކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2022 | ބުދަ 13:08
ވޭމަންޑޫގައި ކުރިއަށްގެންދާ ހަފުތާ ރެސް ޕްރޮގްރާމްގެ ތެރެއިން

ވޭމަންޑޫގައި ކުރިއަށްގެންދާ ހަފުތާ ރެސް ޕްރޮގްރާމްގެ ތެރެއިން

އަމާންކަމާއި އިޖުތިމާއީ ވިލުންވެރިކަން ގާއިމްކުރުމަށް ހުރިހާ ލެވެލްއެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްސެންޓަރ ގުޅިގެން ތ. ވޭމަންޑޫގައި ހަފުތާ ރެސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި, ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް ވިދާޅުވީ, އަމާންކަމާއި އިޖުތިމާއީ ވިލުންވެރިކަން ގާއިމްކުރުމަށް ހުރިހާ ލެވެލްއެއްގައި އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޮޅުވާލުމާއި ދޮގު މައުލޫމާތު ފެތުރުމަށް ހިންގޭ ހަރަކާތްތަކަށް އެންމެން ވެސް ސަމާލުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި, މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނީ, ރާއްޖޭގެ އެކި އަތޮޅުތަކުގައި، އިޖުތިމާއި ބަދަހިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި އެ ސެންޓަރުން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް ހަފުތާ ރެސް 23 ފެބްރުއަރީ 2022ން ފެށިގެން ވޭމަންޑޫގައި ކުރިއަށްދާ ކަމަށެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް މިފަހަރު އަމާޒުކޮށްފައިވަނީ ވޭމަންޑޫގެ މުއައްސަސާތަކަށާއި, އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްވެރިންނަށާއި، ޓީޗަރުންނަށާއި، ބެލެނިވެރިންނަށާއި، ޒުވާނުންނަށާއި އަދި ކްލަބް ޖަމިއްޔާ ތަކަށެވެ. މީގެ އިތުރުން ތ އަތޮޅަށް ނިސްބަތްވާ ރަށްތަކުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމްގައި ސެޝަންތައް ކުރިއަށް ގެންގޮސްދެއްވާނީ އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުންނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއިންނާއި، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނާއި، މޯލްޑިވިއަން ރެޑްކްރެސެންޓުންނާއި އަދި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުންނެވެ.

މި ޕްރޮގްރާމުގެ މަގުސަދާ ބެހޭގޮތުން ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނީ, މުޖުތަމައުގައި އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށް އެކުވެރި އުފާވެރި މާހައުލެއް ގާއިމުކޮށްދީ، މުޖްތަމައުގައި ހުންނަ އެކިއެކި މައްސަލަތަކާގުޅޭ ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުވުން ކަމަށެވެ.

މި ޕްރޮގްރާމްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގެ އިތުރުން، ރައްޔިތުން ގުޅިގެން ބާއްވާ ހެނދުނުގެ ނާސްތާއަކާއި، އާއިލީ ހަވީރަކާއި، އަދި އޭގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

ވޭމަންޑޫގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ތިން މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުންވެސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްއާ ގުޅިގެން, ކުޑަކުދިން ގެންގުޅުމުގައި ބަލަންޖެހޭ ކަންތައްތަކާގުޅޭ ސެޝަނެއްވެސް ސެންޓަރުގެ ފަރާތުން ބާއްވާނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ތިމަރަފުށީގެ މުދައްރިސުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ދެ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ.

ހަފުތާ ރެސް ޕްރޮގްރާމަކީ، 2019 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަން ފަށާފައިވާ ޕްރޮގްރާމެކެވެ. މިއީ މި ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މިއަހަރު ހިންގޭ ދެވަނަ ޕްރޮގްރާމެވެ. މިއަހަރު ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ ފުވައްމުލައް ސިޓީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު