Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމިން މަރާލުން

ޔާމީން ރަޝީދު މަރާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް!

ޔާމީން ރަޝީދު މަރާލި މައްސަލަ މަޖިލީހަށް ބަލައިނުގަތްއިރު، ވަގަށް ނަގާފައިވާ ރިލްވާންގެ މައްސަލަވެސް ވަނީ ބަލައިނުގަނެ ބޭރުކޮށްލާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ޖޫން 2017 | އާދީއްތަ 14:11
ޔާމީން މަރާލި ކަމަށްބުނާ ދެ މީހަކު، ޔާމީން ދިރިއުޅުނު ގޭގައި ހަރަކާތްތެރިވަނީ

ޔާމީން މަރާލި ކަމަށްބުނާ ދެ މީހަކު، ޔާމީން ދިރިއުޅުނު ގޭގައި ހަރަކާތްތެރިވަނީ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ގާތްއެކުވެރިޔާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަތްކަމަށްއެ މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދު މަރާލި މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. ލާއިންސާނީ އަނިޔާތަކަކައެކު ޔާމީން މަރާލާފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.

Advertisement - newsAdvertisement

ނިޒާރު ވިދާޅުވީ މަޖިލީހަށް އެމައްސަލަ ހުށަހެޅިއިރު މަޖިލިސް އޮތީ ޗުއްޓީއަށް ގޮސްފަ ކަމަށާއި 53 ދުވަހުގެ ދިގު ޗުއްޓީއަކަށް ފަހު ހޯމަ ދުވަހު މަޖިލިސް ފެށޭއިރު ކުއްލި މައްސަލަ އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ. މަޖިލީހުގެ މެމްބަރަކު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިނަމަ، އެމައްސަލައެއް އެންމެ އަވަހަށް ބޭއްވޭ ޖަލްސާއެއްގެ އެޖެންޑާގައި ހިމަނަންޖެހެއެވެ.

ހޯމަ ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާގައި ކުއްލި މައްސަލަ ހިމަނާފައިނުވާތީ މަޖިލީހުގެ އިދާރާއަށް ގުޅުމުން، މިހާރު އެއީ ކުއްލި މައްސަލައެއް ކަމަށް ނުބެލެވޭކަމަށް ބުނެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އެމައްސަލަ މަޖިލީހަށް ހުށަހެޅި ހާލަތު މިހާރުވެސް އެބައޮތް ކަމަށެވެ. ޔާމީން ރަޝީދުގެ މަރާ ގުޅިގެން ޔާމީންގެ އާއިލާއާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެހެންކަމުން ރައްޔިތުންގެ އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އެމައްސަލައާމެދު ވާހަކަ ދައްކުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ޔާމީން ރަޝީދު މަރާލި މައްސަލަ ކޮންމެހެން ސަރުކާރުގެ ބޮލުގައި އަޅުވަން މެމްބަރުން ނޫޅޭ ކަމަށާއި އެފަދަ ޖަރީމާތައް ހިންގުން ހުއްޓުވާ، ކަމާބެހޭ މުއައްސަސާތަކުން ޒިންމާ އަދާކުރުމަށް ބާރު އެޅުމާއި އެފަދަ ކަންކަމާމެދު ވާހަކަ ދައްކާލުމުގެ ހިތްވަރު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކަމުގައި ވިޔަސް، ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރުންގެ ގޮތުން ހުންނަންޖެހޭ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މަޖިލީހުގެ ބޭރުކޮށްލިއިރު، ޔާމީންގެ ގާތްއެކުވެރިޔާ އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށްނެގި މައްސަލަވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

ރައީސުލްކުމްހޫރިއްޔާއާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ވެސް މަޖިލީހުން ބޭރުކޮށްލާފައިވެއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ގެންދަނީ މެދުކެނޑުމެއްނެތި އިންސާފު ހޯދަން މަސައްކަތްކުރަމުންނެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ވެސް ވަނީ ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު