Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އޮބަމަޔާންގެ ހެޓްރިކާއެކު ބާސާއަށް ފަސޭހަ މޮޅެއް

ވެލެންސިއާގެ މައްޗަށް ބާސާއިން ކުރިހޯދީ 4-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 21 ފެބުރުއަރީ 2022 | ހޯމަ 08:07
ސްޕެނިޝް ލީގުގައި ބާސާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ބާސާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ޕީއޭ އެމެރިކް އޮބާމަޔަންގެ ހެޓްރިކުން ވެލެންސިއާ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބާސާއިން ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ފުލުފުލުގައި ހަމަލާ އުފައްދާފައިވާއިރު، މެޗުގެ ފުރަތަމަ 38 މިނެޓުގެ ތެރޭގައި އޮބާމަޔަން ވަނީ ބާސާއަށް ދެ ލަނޑު ޖަހައިފައެވެ. މީގެ އިތުރުން މެޗުގެ 32 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޯން ވަނީ ބާސާއަށް ލަނޑު ޖަހައިދީފައެވެ. އޮބަމަޔަން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ކާމިޔާބުކުރި ލަނޑެކެވެ. ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ޑި ޔޯން ކާމިޔާބުކުރީ އޮސްމާން ޑެމްބެލޭގެ އެހީތެރިކަމާއެކުގައެވެ. އޮބާމަޔަން ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކުރި އޭނާ މި ލަނޑު ކާމިޔާބުކުރީ ގަވީގެ އެހީތެރިކަމާއެކުގައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި މި ލަނޑު ވެލެންސިއާއަށް ކާމިޔާބު ކޮށްދިނީ ކާލޯސް ސޮލާއެވެ. މިއީ ބްރަޔާން ހިލް ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު އޭގެ ދިހަ މިނެޓު ފަހުން ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ޕެޑްރީ ގޮންޒާލޭ ފޮނުވާލި ހަމަލާ ގޯލަށް ވަނީ އޮބާމަޔަން ގައިގައި ޖެހިފައެވެ.

މިއީ ބާސާއަށް ބަދަލުވެ އޮބާމަޔަން އެ ޓީމުގައި ކާމިޔާބުކުރި ފުރަތަމަ ހެޓްރިކްއެވެ.

މި ނަތީޖާއާއެކު ބާސާ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލީ ކުޅުނު 24 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 25 މެޗުން 42 ޕޮއިންޓް ވަނީ ލިބިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށް 25 މެޗުން 51 ޕޮއިންޓް ވަނީ ލިބިފައެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު