Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ކޭން ކާމިޔާބުކުރި ލަނޑުން ޓޮޓެންހަމަށް މޮޅެއް

ސިޓީ މައްޗަށް ޓޮޓެންހަމުން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2022 | އާދީއްތަ 14:06
އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ހެރީ ކޭން ޖަހައިދިން ލަނޑުން ޓޮޓެންހަމުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޓޮޓެންހަމުން ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ލީގުގައި އެންމެ ފަހުން ޓޮޓެންހަމުން ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޓޮޓެންހަމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ސޮން ހެއުން މިންގެ އެހީތެރިކަމާއެކު މި ލަނޑު ޓޮޓެންހަމަށް ކާމިޔާބު ކޮށްދިނީ ޑޭޖާން ކުސުލެވްސްކީއެވެ. އެކަމަކު މެޗުގެ 33 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާން އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. ސޮންގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޭންއެވެ.

އެކަމަކު ސިޓީން ވަނީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރިޔާދު މާރޭޒްއެވެ. މިއީ އޭރިއާ ތެރެއިން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުގައި ބޯޅައިން ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ބަލާފައި ދިން ޕެނަލްޓީއެކެވެ.

މެޗުން މޮޅުވި ލަނޑު ޓޮޓެންހަމަށް އިތުރު ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޭންއެވެ. މިއީ ކުސެލެވެސްކީ ނަގައިދިން ހުރަހަކުން ކޭން ކާމިޔާބުކުރި ލަނޑެކެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ފަހަތުން އަރައި ލިވަޕޫލުން ވަނީ ނޮރިޗް ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ނޮރިޗުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ރަޝީކާ އޭރިއާ ބޭރު ރޮނގު ކައިރިން ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ އެއްވަރުކޮށްފައެވެ. ކޮސްޓާ ސިމިކާސްގެ އެހީތެރިކަމާއެކު މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ސަޑިއޯ މާނޭއެވެ. އޭގެ ތިން މިނެޓު ފަހުން ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ އެހީތެރިކަމާއެކު މުޙައްމަދު ސަލާހް ކާމިޔާބުކުރި ލަނޑެކެވެ. މިއީ ސަލާހް ލިވަޕޫލްގެ ޖާޒީގައި ކާމިޔާބުކުރި 150 ވަނަ ލަނޑެވެ.

ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުއިޒް ޑިއާޒްއެވެ. މިއީ ކެޕްޓަން ޖޯޑަން ހެންޑަސަންގެ އެހީތެރިކަމާއެކު ޑިއާޒް ކާމިޔާބުކުރި ލަނޑެވެ.

މި ނަތީޖާތަކާއެކު ސިޓީ އެއްވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 25 މެޗުނ 50 ޕޮއިންޓް ވަނީ ލިބިފައެވެ.

ޓޮޓްނަމް ހޮޓްސްޕަރމެންޗެސްޓަރ ސިޓީލިވަޕޫލްޕްރިމިއަރ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު