Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްސީއެސްގެ ތަމްރީނުތައް

ކުށްކުރާ މީހުންގެ ނިސްބަތް ގިނަ، ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ: އިމްރާން

20 ފެބުރުއަރީ 2022 | އާދީއްތަ 07:55

ޢެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ ޢިލްމުގެ މަރުޙަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުޞަތުތައް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2022 | އާދީއްތަ 07:55
"ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު

"ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު

ކުށްކުރާ މީހުންގެ ނިސްބަތް ގިނަ ކަމަށާއި، އެއީ ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިންސާނުގެ ޙަޔާތުގައި ލިބޭ ޢެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ ޢިލްމުގެ މަރުޙަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުޞަތުތައްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާޞިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުޙިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށެވެ. އެކަން ކުރުމަށް ތިބީ އެމްސީއެސްގެ ޢެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، މި ކޯހުގެ ކުރީގެ ދެ ބެޗާއަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރައްވައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިން ސައްތަ އިތުރުކުރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުޞަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި މަދު މުވައްޒަފުންކޮޅަކާއެކު ކުރަމުންދާ ބުރަ މަސައްކަތަށް ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ. މިހާރުވެސް 28 އިން ސައްތަ ގްރެޖުއޭޓުންނާއި އެކި ސެޓްފިކެޓްގެ އެކި ލެވެލް ހަދާފައިވާ 62 އިން ސައްތަ މުވައްޒަފުންނާއި 10 އިން ސައްތަ  އޯލެވެލް ފެންވަރުގެ މުވައްޒަފުން އެމްސީއެސްގައި މަސައްކަތްކުރަމުންދާކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޛުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިންސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުންކަންވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)މިނިސްޓަރ އިމްރާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް