Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ޅ އަތޮޅު ދަތުރުފުޅު

ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް ރައީސް ހުޅުއްވައިދެއްވައިފި

ކްލާސްރޫމް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެ މެންދުރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ފެބުރުއަރީ 2022 | ހޮނިހިރު 10:09
ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް ރައީސް ހުޅުއްވައިދެއްވަނީ

ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް ރައީސް ހުޅުއްވައިދެއްވަނީ

ޅ އަތޮޅު ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

މި 10 ކްލާސްރޫމް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެ މެންދުރުއެވެ. ކްލާސްރޫމް ހުޅުއްވުމުގެ ގޮތުން ރައީސް ވަނީ ރިބަންފަށް ކަނޑުއްވައިދެއްވާފައެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅުގައި ރައީސް ވަނީ ނައިފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާވެސް ބައްދަލު ކުރައްވާފައެވެ.

ޅ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ހެނދުނު ޅ އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި, ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ޅ އަތޮޅު ތަައުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި, މަރުކަޒުގައި ގާއިމުކޮށްފައިވާ ވަަސީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތައުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ތައުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަަސީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހުޅ. ނައިފަރުނައިފަރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި

28 އޮކްޓޯބަރު 2025
ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި
16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
10 ސެޕްޓެމްބަރު 2025

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު
18 ފެބުރުއަރީ 2025

ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި

18 ފެބުރުއަރީ 2025
ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި
30 އެޕްރީލު 2024

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު