Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭދަފުށީގައި ކުރިއަށް ގެންދާ ނިޔަމިކަމުގެ ސަނަދު ދ

އޭދަފުށީގައި ނިޔަމިކަމުގެ ސަނަދު ލެވެލް 2 ، އަދި ފަޅުވެރިކަމުގެ ސެޓްފިކެޓް ކޯހެއް ފަށަނީ

ކޮންމެ ކޯހަކަށްވެސް ކަނޑައެޅިފައިވަނީ 30 ޖާގަ

މަލީހާ ރަޝީދު
މަލީހާ ރަޝީދު | 18 ފެބުރުއަރީ 2022 | ހުކުރު 18:13
ބ.އޭދަފުށީ

ބ.އޭދަފުށީ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އިސްނަގައިގެން ނިޔަމިކަމުގެ ސަނަދު ލެވެލް 2، މިކޯހާއި ފަޅުވެރިކަމުގެ ސެޓްފިކެޓް ކޯހެއް ބ.އޭދަފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ފޭލި ޖަމިއްޔާއިން މައުލޫމާތުދިން ގޮތުގައި މި 2 ކޯސް ކުރިއަށް ގެންދާނީ އޭދަފުށީ ކައުންސިލާއި ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެންނެވެ. އެގޮތުން މި ކޯސްތައް ހިންގުމަށް ނިންމާފައިވަނީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއިބެހޭ ޤަވާޢިދުގެ ދަށުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، ކެޕްޓަނުންނަށް ކަނޑުމަތީގައި އުޅެވޭނީ ނިޔަމި ކަމުގެ ސެޓްފިކެޓް އަދި ފަޅުވެރިއެއްގެ އަތުގައި ފަޅުވެރިންގެ ސެޓްފިކެޓް އޮތުން ލާޒިމް ކުރާތި އެވެ

Advertisement - newsAdvertisement

އޭދަފުށީގައި މި ކޯސްތައް ފެށުމަށް ހަަމަޖެހިފައިވަނީ ފެބްރުއަރީ 27ވާ އާދިއްތަދުވަހު ކަމަށް ފޭލި ޖަމިއްޔާއިން މައުލޫމާތުދެއެވެ. މިގޮތުން މި ކޯސްތަކުގެ ތެރެއިން ނިއަމިކަމުގެ ސަނަދު ލެވެލް 2، ކޯހަކީ 30 ގަޑިއިރުގެ ކޯހަކަށްވާއިރު މި ކޯހުގައި ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން -/1300ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ. އަދި ފަޅުވެރިކަމުގެ ސެޓްފިކެޓް ކޯހަކީ 12 ގަޑިއިރުގެ ކޯހަކަށް ވާއިރު މި ކޯހުގެ ފީއެއްގެ ގޮތުގައި -/500ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ފޭލި ޖަމިއްޔާއިން ވަނީ ނިޔަމިކަމުގެ ސަނަދު 2 ކޯހާއި ފަޅުވެރިކަމުގެ ސެޓްފިކެޓް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. އެގޮތުން މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ 20ވާ އާދިއްތަދުވަހުގެ މެންދުރު 12:00ގެ ކުރީން 7888567 ނުވަތަ 9114030 ނަމްބަރަށް ގުޅައި ނަންނޯޓް ކުރުމަށް އެދިފައިއެވެ. މިދެ ކޯހުގެ ތެރެއިން ކޮންމެ ކޯހަކަށްވެސް ކަނޑައެޅިފައިވަނީ 30 ޖާގައެވެ.

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖްއޭދަފުށީ ކައުންސިލްސެންޓާރ ފޯރ މެރިޓައިމް ސްޓަޑީޒް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ބައިވެރިވެއްޖެ

17 ސެޕްޓެމްބަރު 2017
ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ބައިވެރިވެއްޖެ
13 ސެޕްޓެމްބަރު 2017

އެމްއެންޑީއެފުން އއ.މަތިވެރީގައި ނިޔަމިކަމުގެ ކޯހެއް ފަށައިފި

13 ސެޕްޓެމްބަރު 2017
އެމްއެންޑީއެފުން އއ.މަތިވެރީގައި ނިޔަމިކަމުގެ ކޯހެއް ފަށައިފި
14 ޖުލައި 2017

އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން

14 ޖުލައި 2017
އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން
05 ޖޫން 2017

ޕޮލިސް ކޮމާންޑް ސެންޓަރގެ ލެވެލް މަތިކުރުމަކީ ޖޯކެއް: އެމްސީ ހަމީދު

05 ޖޫން 2017
ޕޮލިސް ކޮމާންޑް ސެންޓަރގެ ލެވެލް މަތިކުރުމަކީ ޖޯކެއް: އެމްސީ ހަމީދު
26 މެއި 2017

މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވަނީ މަގު ލެވެލް ނުކުރުމުން: ސިޓީ ކައުންސިލް

26 މެއި 2017
މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވަނީ މަގު ލެވެލް ނުކުރުމުން: ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު