Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދގެ ނިންމުންތައް

އދގެ ނިންމުންތައް ނިންމުމުގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށް ވެސް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއް: ޝާހިދު

އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއެކު މަޝްވަރާކުރުމަށް އަބަދުވެސް ތަރުހީބުދެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2022 | ހުކުރު 09:56
އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

އދގެ ނިންމުންތައް ނިންމުމުގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށް ވެސް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

25 އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އަދި އެމަޖިލީހުގެ 17 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަމިއްޔާ އިންޓަޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން އިންތިޒާމުކޮށްގެން އާއްމު މަޖިލީހުގައި ބޭއްވި ޕާލަމެންޓަރީ ހިއަރިން ގައެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ގައުމުތަކަކުން ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ނުވަތަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަކީ އެމަނިކުފާނުގެ ހިތާ ގުޅިފައިވާ ތަނެއްކަމަށާއި، ގާނޫނު ހަދަ މަޖިލިސްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއެކު މަޝްވަރާކުރުމަށް އަބަދުވެސް މަރުހަބާ ދަންނަވާކަމަށެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮސްޓްރިއާގެ ވިއެނާގައި އޮތް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމާއި، ސްޕެއިންގެ މެޑްރިޑްގައި ނޮވެމްބަރު މަހު އޮތް އައި.ޕީ.ޔޫގެ 143 ވަނަ އެސެމްބްލީގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގަޔާއި، އަދި އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރައްވަމުން ގެންދަވާ މުއްދަތުގައި، އދ އާއި ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް އެއްކޮށް ކުރާ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އދގެ ނިންމުންތައް ނިންމުމުގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށް ވެސް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގަންނާވަކަމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި ކުރަން ޖެހޭ ކަންކަން ގާނޫނު ހަދާ މަޖިލިސްތަކުން ކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުޢަބްދުﷲ ޝާހިދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު