Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރު ކުއްޔަށް ދިނުމުގެ ޤަވާއިދު

ޤާނޫނާއި ޚިލާފަށް ގެދޮރު ކުއްޔަށް ދީފިނަމަ ކޮންމެ މީހަކަށްވެސް ޝަކުވާ ހުށަހެޅޭނެ

18 ފެބުރުއަރީ 2022 | ހުކުރު 11:00

ޝަކުވާ ހުށަހެޅޭނީ ސިޓީއަކުން، ނުވަތަ ލިޔުމަކުން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން، ނުވަތަ ކައުންސިލުން ޝަކުވާ ހުށަހެޅުމަށް އެހެން ގޮތެއް ހަމަޖައްސައިދީފައިވާނަމަ، އެ ގޮތެއްގެ މަތީން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ފެބުރުއަރީ 2022 | ހުކުރު 11:00
ގެދޮރު ކުއްޔަށް ދިނުމުގައި ގަވައިދާ ޚިލާފުވާނަމަ ޝަކުވާ ހުށަހެޅުމުގެ ގަވައިދު އާންމުކުރުން

ގެދޮރު ކުއްޔަށް ދިނުމުގައި ގަވައިދާ ޚިލާފުވާނަމަ ޝަކުވާ ހުށަހެޅުމުގެ ގަވައިދު އާންމުކުރުން

ގެދޮރު ކުއްޔަށް ދިނުމުގައި ޤާނޫނާއި ޚިލާފަށް އަމަލުކުރާނަމަ ކޮންމެ މީހަކަށްވެސް ޝަކުވާ ހުށަހެޅޭނެކަމަށް ބަޔާންކޮށް މިކަމާއި ގުޅޭ ގަވާއިދު އާންމުކޮށްފިއެވެ.

ގެދޮރު ކުއްޔަށް ދިނުމުގައި ޤާނޫނާ ޚިލާފުވާ ކަންތައްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމާއި ބެހޭ ޤާނޫނު ގެޒެޓުގައި ޝާއިއުކޮށްފައި ވާއިރު، މިއީ ޤާނޫނު ނަންބަރު 2021/21 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

Advertisement - newsAdvertisement

މި ގަވާއިދުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާއި ބެހޭ ޤާނޫނުގެ ދަށުން ވެވޭ ކުލީގެ އެއްބަސްވުމަކާ ގުޅިގެން ނުވަތަ ކުއްޔަށްދޭ ތަނަކާ ގުޅިގެން ނުވަތަ ކުލީގެ މުޢާމަލާތަކާ ގުޅޭ އެނޫންވެސް ކަމަކާ ގުޅިގެން، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތަށް ޝަކުވާ ހުށަހެޅިދާނެއެވެ. އަދި ގަވާއިދުތަކާ ޚިލާފަށް ތަން ކުއްޔަށް ދީފައިވާނަމަ، ނުވަތަ ކުއްޔަށްދޭ ފަރާތުން ނުވަތަ ކުއްޔަށްހިފާ ފަރާތުން އެ ޤާނޫނާއި އެ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރާނަމަ، އެކަމުގެ މައުލޫމާތު ލިބިފައިވާ ކޮންމެ މީހަކަށް ކައުންސިލަށް ޝަކުވާ ހުށަހެޅިދާނެކަމަށްވެސް މި ގަވާއިދުގައިވެއެވެ.

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހެޅޭނީ ސިޓީއަކުން، ނުވަތަ ލިޔުމަކުން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން، ނުވަތަ ކައުންސިލުން ޝަކުވާ ހުށަހެޅުމަށް އެހެން ގޮތެއް ހަމަޖައްސައިދީފައިވާނަމަ، އެ ގޮތެއްގެ މަތީންނެވެ. ޝަކުވާ އާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމުގެ ކުރިން އެ ޝަކުވާ އަނބުރާ ގެންދިއުމަށް ޝަކުވާ ހުށަހެޅި ފަރާތުން ބޭނުންވާނަމަ، ވީހާވެސް އަވަހަށް ލިޔުމުން، ނުވަތަ އީމެއިލްގެ ޛަރީޢާއިން، ނުވަތަ މިނޫންވެސް ގޮތަކަށް ކައުންސިލަށް އެކަން އަންގަންވާނެއެވެ.

ދިރިއުޅުމުގެ ބޭނުމަށް ގޯތިގެދޮރު ކުއްޔަށް ދިނުމާ ގުޅޭގޮތުން ކައުންސިލަށް ޝަކުވާއެއް ލިބިއްޖެނަމަ، އެ ޝަކުވާ ހުށަ ހެޅި މީހާއަށް ނުވަތަ ފަރާތަކަށް އެކަން ސިޓީއަކުން ނުވަތަ އީމެއިލްގެ ޛަރީޢާއިން އަންގަންވާނެއެވެ. ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށް ކައުންސިލްތަކުގެ މެންބަރުންނާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކޮށް، މަދުވެގެން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ކައުންސިލުގައި އޮންނަންވާނެއެވެ. މި ގަވާއިދަށް އަމަލު ކުރަން ފަށާތާ ފަނަރަ ދުވަހުގެ ތެރޭގައި މި ކޮމިޓީ އެކުލަވައިލަންޖެހޭނެއެވެ.

މި ކޮމެޓީއަކީ ސިޓީއެއްގައި ނަމަ މޭޔަރު އެކުލަވައިލާ ކޮމެޓީއެކެވެ. އަދި ރަށެއްގައި ނަމަ، ރަށު ކައުންސިލުގެ ރައީސް އެކުލަވައިލާ ކޮމެޓީއެކެވެ. ކޮމެޓީގެ މެންބަރަކު އިސްތިޢުފާ ދީފިނަމަ، ގިނަވެގެން ތިން ދުވަހުގެ ތެރޭގައި، ބަދަލުގައި މެންބަރަކު އައްޔަނު ކުރަންވާނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ބޯހިޔާވަހިކަން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
21 ނޮވެމްބަރު 2025

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން
18 ނޮވެމްބަރު 2025

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

17 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!
15 ނޮވެމްބަރު 2025

ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން

15 ނޮވެމްބަރު 2025
ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން
12 ނޮވެމްބަރު 2025

8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި

12 ނޮވެމްބަރު 2025
8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
04 ނޮވެމްބަރު 2025

މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު

04 ނޮވެމްބަރު 2025
މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު
02 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް