Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ މަސައްކަތްތައް

ބޮޑެތި އުޅަނދުތަކަށް ޚާއްސަ 5 ބަނދަރެއްގެ މަސައްކަތް ކުރިއަށްދޭ: އާޒިމް

18 ފެބުރުއަރީ 2022 | ހުކުރު 09:50

ޕޯޓުތަކުގެ ގޮތުގައި 3 ބަނދަރެއް ތަރައްގީ ކުރަމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 ފެބުރުއަރީ 2022 | ހުކުރު 09:50
އާދަމް އާޒިމް

އާދަމް އާޒިމް

ބޮޑެތި އުޅަނދުތައް ކައިރިކުރެވޭ ވަރުގެ ބޮޑު 5 ބަނދަރެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އައްޑޫ، ފެލިވަރު، ތިނަދޫ، ކުޅުދުއްފުށި އަދި މުލަކުގައި ބޮޑެތި ބޯޓުފަހަރުތަކަށް ކައިރިކުރެވޭ ވަރުގެ ބޮޑެތި ބަނދަރުތައް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި 3 ޕޯޓު ހިމެނޭކަމަށް އާޒިމް ވިދާޅުވިއެވެ.

މިގޮތުން އާގުބޯޓު ކައިރިކުރެވޭވަރުގެ ޕޯޓުތަކުގެ ގޮތުގައި ތަރައްގީކުރަމުންދަނީ އައްޑޫ ހިތަދޫ ރީޖަނަލް ޕޯޓާއި، ތިނަދޫ ޕޯޓާއި. ކުޅުދުއްފުށީ ޕޯޓެވެ. އާޒިމް ވިދާޅުވީ ޕޯޓުތަކުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ. ފެލިވަރާއި މުލަކުގައި ތަރައްގީކުރާ ބަނދަރުތަކަކީ މަސްދޯނިފަހަރަށް ކައިރިކުރެވޭވަރަށް ތަރައްގީކުރާ ބަނދަރުތަކެކެވެ.

އާޒިމް ވިދާޅުވީ ބޮޑެތި ބޮޑެތި ބަނދަރުތައް ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އެހެން ފަރާތްތަކާ ގުޅިގެން ހަދަމުންދާ އިންސްޕެކްޝަންތައްވެސް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ. މިކަންކަމަށް ބޭނުންވާ ބަޖެޓު ހަމަޖެހިގެން ކުރިއަށްއޮތް 3 މަސް ތެރޭގައި މި މަސައްކަތަށް ބޭނުންވާ ސާމާނު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން ކުރަމުންދަނީ ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރި-ޑިވެލޮޕްމަންޓް މަސައްޖަތްތަކެވެ. މިގޮތުން ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އޮފީސް އިމާރާތެއް އެޅުމާއި ވޯރކްޝޮޕް އިމާރާތެއް އެޅުމާއި އެންވަރަންމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނޭކަމަށް އެމްޕީއެލުން ބުންޏެވެ.

އަދި ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕޯޓް އޮފީން އިމާރާތެއް އެޅުމާއި، ގާޑް ހައުސް އިމާރާތަކާއި ވެއަރ ހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ. އަދި އައްޑޫ ޕޯޓުވެސް އިތުރަށް ތަރައްގީކުރުން ހިމެނެއެވެ.

މި ޕޯޓުތައް ތަރައްގީކުރެވުމާއެކު ބޭރުން އަންނަ އާގުބޯޓުތަކަށް ޚިދުމަތްދެވި ރާއްޖެ ވަންނަ އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް