Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަމަށް ދޭ ތަންތަން ކުއްޔަށްދިނުން

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ މުޅި ތަން އެއްކޮށް ކުއްޔަށް ދޫނުކުރެވޭނެ: ގަވާއިދު

18 ފެބުރުއަރީ 2022 | ހުކުރު 02:14

ކުއްޔަށް ދެވޭނީ އެ މަޝްރޫޢު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2022 | ހުކުރު 02:14
ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓް

ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓް

އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަން، މުޅިތަން އެއްކޮށް ކުއްޔަކަށް ނުދެވޭނެކަމަށް ބަޔާންކޮށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކާ ބެހޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

މި ގަވާއިދުގެ މަގުސަދަކީ، ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެއް ބަޔާންކޮށް އާންމުކުރުމެވެ.

Advertisement - newsAdvertisement

މިގަވާއިދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށްދެވޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ، އެ މަޝްރޫޢު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެންކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެފަދަ ތަންތަން މުޅިތަން އެއްކޮށް ކުއްޔަށް ނުދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ތަނުގެ މިލްކުވެރިކަން، ތަން ދޫކުރެވުނު ފަރާތުގެ ނަމަށް ބަދަލުވެ ރަޖިސްޓަރީކުރެވިފައި ވާނަމަ، އެ ތަން އެއްކޮށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދިނުމަށާއި، ގަވާދުގައި ބުނެފައިވާ މުއްދަތަށްވުރެ އިތުރަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދިނުމަށް ގަވާއިދު ހުރަހެއް ނާޅާއެވެ.

ގަވާއިދުގައި ބުނެފައިވަނީ މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު އަދި ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުވާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ތަނެއް ނުވަތަ ތަނަކުން ބައެއް ކުއްޔަށްދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުމާއި، އެ ބޯހިޔާވަހިކަމެއްގެ ކަންކަން ހިންގި އިދާރާއަކުން ކުއްޔަށް ދިނުމަށް އިޢުތިރާޟު ނުކުރާކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ކުއްޔަށް ދިނުމަށް އެދެވޭނީ، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަށެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަން އެންމެ ގިނަވެގެން ކުއްޔަށްދެވޭނީ 5 އަހަރުގެ މުއްދަތަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ ބޯހިޔާވަހިކަމެއްގެ ބައެއް، މި ގަވާއިދާއި ޚިލާފަށް ނުވަތަ ޤާނޫނާއި ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ޚިލާފަށް ކުއްޔަށް ދީފައިވާ މައްސަލައެއް ކައުންސިލަކަށް ރިޕޯޓުކޮށްފިނަމަ، ނުވަތަ އެފަދަ ކަމެއް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގި އިދާރާއަށް، ކައުންސިލުން އެކަން އަންގަންވާނެއެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް