Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

މާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 6 އިންސައްތައަށް ތިރިވެއްޖެ

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުން އަންނަނީ 15،504 ކޭސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 22:03
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

މާލެ ސަރަހައްދުގައި ނަގާ ކޮވިޑް-19 ސާމްޕަލްގެ ޕޮޒިޓިވިޓީ ރޭޓް 6 އިންސައްތައަށް ތިރިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން 1408 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 90 މީހުންނެވެ. މާލެ ސަރަހައްދުގައި އޭގެކުރީ 24 ގަޑިއިރު ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 10 އިންސައްތައިގައެވެ. މިއީ ރާއްޖޭގައި މިފަހުން ކޮވިޑްގެ ހާލަތު ގޯސްވިފަހުން މާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 10 އިންސައްތައިން ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

ފާއިތުވި 24 ގަޑިިރު މުޅި ރާއްޖެއިން 4411 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 805 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 90 މީހުންނާއި އަތޮޅުތަކުން 637 މީހުންނެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 52 މީހުންނެވެ. 26 މީހަކު ޕޮޒިޓިވްވެފައިވަނީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައިނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 162،974ށް އަރާފައެވެ. މީގެތެރެއިން 147،167 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުން އަންނަނީ 15،504 ކޭހެވެ. އޭގެތެރެއިން 28 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިހާތަނަށް 290 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ކޭސްތައް ޖެނުއަރީ މަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. 2500ށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަސް ފެށުނު ފަހުން ދަނީ ކޭސްތައް ދަށްވަމުންނެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް ނޭޅި ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް، ގިނަ މީހުން އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު