Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީގެ އަމާން ވެށި

ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިން ބައިތިއްބަން ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަކީ ނަމޫނާ ތަނެއް - ޖެންޑަރ މިނިސްޓަރ

އަމާން ވެށީގެ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަމާން މާހައުލެއްގައި އުޅެވެން ޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ފެބުރުއަރީ 2022 | ބުރާސްފަތި 18:53
ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް މިނިސްޓަރ ޒިޔާރަތްކުރެއްވުން

ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް މިނިސްޓަރ ޒިޔާރަތްކުރެއްވުން

ދައުލަތުގައި ބެލުމުގައި ތިބި ކުދިން ބައިތިއްބަން ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަކީ ނަމޫނާ ތަނެއް ކަމަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިން ބޭތިއްބުމަށް ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަކީ ނަމޫނާ ތަނެއް ކަމަށާއި، ފުވައްމުލަކުގެ ރައްޔިތުންވެސް އެތަނުގައި ތިބި ކުދިން ބަލައިގެންފައިވާ ކަމަށެވެ. އަދި އަމާން ވެށީގެ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަމާން މާހައުލެއްގައި އުޅެވެން ޖެހޭނެކަން އެންމެހާ ރައްޔިތުންވެސް ގަބޫލުކުރައްވަންޖެހޭ ކަމަށާއި، އެފަދަ މާހައުލެއް މިއަދު ފުވައްމުލަކުން ފެންނަމުންދާކަމީ އުފާކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ތެރޭގައި ކަންކަން ހިނގާގޮތް އެކުދިންނަށް ދައްކައި, އެކުދިންވެސް އެކަންކަމުގައި ބައިވެރިކޮށްގެން އާއިލާތަކުން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ލާމަރުކަޒު ކުރެވިގެން މިއަދު ކަންކަން ރޭވިގެންދާއިރު، އިޖްތިމާއީ ބަދަހި މަދަދުވެރިން ނުވަތަ "އިބަމަ"އަކީ، މުޖުތައުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހިނގުމުގެ ކުރިން, އެކަމެއްވިޔަ ނުދިނުމަށް އަދި ކަމެއް ދިމާވުމުން އެކަމަކާ ގުޅިގެން މަސައްކަތް ކުރުމަށް، ކޮންމެ މުޖުތަމައަކަށްވެސް ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް ކަމަށް މިނިސްޓަރ އާއިޝަތު މުހައްމަދުދީދީ ވިދާޅުވިއެވެ. އެހެންކަމުން އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް، ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން "އިބަމަ"ގެ ތެރެއިން މަސައްކަތްކޮށްދެއްވުމަށް، ފުވައްމުލަކުގެ ހުރިހާ އިދާރާތަކަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިބައްދުލުވުމުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްޒެޓެންޓިވް، މަރުޖާން މޮންތާޒަމީ ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ، ޔުނިސެފުން "އިބަމަ"ގެ މަސައްކަތަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ ވަރަށް ގިނަ ސަބަބުތަކާހެދި ކަމަށާއި، އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް އެއްވެސް ނޭދެވޭ ކަމެއް ދިމާވުމުން ނުވަތަ އެފަދަކަމެއް ވިޔަނުދިނުމަށް، ހައްލު ހޯދައިދެވޭނެފަދަ ފަރާތަކަށް "އިބަމަ" ވެގެންދާތީ ކަމަށެވެ.

މި ބައްދަލުވުމުގައި "އިބަމަ"އާ ގުޅޭ މަައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ޔުނިސެފްގެ އިބަމަ ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީ ވަނީ ދެއްވާފައެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއަކުން ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު