Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ޓްރެފިކިންގގެ ނުރައްކާ

ޑްރަގް ޓްރެފިކިންގގެ ނުރައްކަލުން އިންޑިއާ ކަނޑުގެ ސަރަހައްދު އޮންނަނީ އަބަދުވެސް ކިލަނބުވެފައި: ޝަމާލް

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތުރެޓްތައް ވަރަށް ގިނަ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 18:06
241 ކޮމެޓީގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަދައްކަވަނީ

241 ކޮމެޓީގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަދައްކަވަނީ

އިންޑިއާ ކަނޑުގެ ސަރަހައްދު ވަނީ އިންސާނުންގެ ވަގުފާރިއާ ކަނޑުފޭރުމާއި ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޚާއްސަކޮށް ޑްރަގް ޓްރެފިކިންގގެ ނުރައްކަލުން ކިލަނބުވެފައިކަމަށް, ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ, މިޒަމާނުގައި ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ވަރަށް ގިނަ ކަމަށާއި، ޚާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެމައްސަލަ ބޮޑު ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންސާނުންގެ ވަގުފާރިއާ، ކަނޑުފޭރުމާއި، ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޚާއްސަކޮށް ޑްރަގް ޓްރެފިކިންގގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި، މިމައްސަލަތަކާއެކު އިންޑިއާ ކަނޑުގެ ސަރަހައްދު އަބަދުވެސް އޮންނަނީ ކިލަނބުވެފައި ކަމަށެވެ. އެހެންކަމުން މި ސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ, މިފަދަ އެންމެހައި ކަންކަން ހުއްޓުވުމަށް މިހާރު ވެސް ގައުމުތައް ގުޅިގެން މަސައްކަތްކުރާ ކަމަށާއި، ވަރަށް ވަރުގަދަ ނެޓްވޯރކެއް ގާއިމްވެފައިވާ ކަމަށެވެ.

ޝަމާލް ވިދާޅުވީ އިންޑިއާއާއި ލަންކާގެ އިތުރުންވެސް ގައުމުތައް ގުޅިގެން އެކި އޮޕަރޭޝަންތައް ކުރިއަށް ގެންދާކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް, ޚާއްސަކޮށް ކަނޑުމަތީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް ކުރަމުންދާ މަސައްކަތުން އެއްބަޔަކު ފަހަތަށް ޖެހިއްޖެކަމުގައިވާނަމަ އެކަމުގެ ނުރައްކަލާއި ގެއްލުން ކުރިމަތިވާނެކަމަށް ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާލް ވަނީ އިންޑިއާގެ ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯއާއި، އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 760 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. ޝަމާލް ވިދާޅުވީ އެ އޮޕަރޭޝަނަކީ ވެސް މި ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

760 ކިލޯގެ މަސްތުވާތަކެތި އަތުގެންފައިވަނީ 13 ފެބްރުއަރީ 2022ގައެވެ. މީގެ ތެރޭގައި ހަޝިޝްއާއި، މެތަފެޓަމިން އަދި ހެރޮއިން ހިމެނޭކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިތަކެތީގެ ޖުމްލަ އަގު 2،000 ކްރޯރްއަށް އަރައެވެ. އެއީ 265,366,919.26 (ދުއިސައްތަ ފަސްދޮޅަސް ފަސް މިލިއަން ތިންލައްކަ ފަސްދޮޅަސް ހަހާސް ނުވަސަތޭކަ ނަވާރަ) ޑޮލަރެވެ. މިތަކެތި އަތުލައިގެންފައިވަނީ އެއްވެސް މީހަކު ނެތި އޮޔާދަނިކޮށް ފެނުނު ކާގޯ ބޯޓަކުންނެވެ. މިތަކެތީގެ ތެރޭގައި 529 ކިލޯގެ ހަޝިޝްއާއި، 234 ކިލޯގެ އެންމެ ރަނގަޅު ކޮލިޓީގެ ކްރިސްޓަލް މެތަފެޓަމިން އަދި ހެރޮއިން ހުރި ކަމަށް އިންޑިއާގެ އެންޓި ޑްރަގް އެޖެންސީން ވަނީ ބުނެފައެވެ.

ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި, އިންޑިއަން ނޭވީއާ ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކްކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަނެކެވެ. މިފަދައިން ލިބޭ އިންޓެލިޖެންސްތަކަށް ބިނާކޮށް އެ ބިއުރޯއިން ގެންދަނީ މިފަދަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން ކަމަށް ބުނެފައިވެއެވެ. މި ޚާއްސަ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން އޮފިޝަލުން ބުނީ, އޮޕަރޭޝަން ކުރިއަށްގެންދާކަމުގެ މައުލޫމާތު ލިބުމުން އެމީހުން ބޯޓު ދޫކޮށްލާފައި ފިލީ ކަމަށެވެ. އެމީހުން ފިލީ އެހެން ބޯޓަކަށް އަރައިގެން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް އިންޑިއަން ނޭވީން ވަނީ އަރަބި ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެފަހަރު 300 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. މިތަކެތީގެ ޖުމްލަ އަގު 398 މިލިއަން ޑޮލަރަށް އަރައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު