Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ މަރު: ލަމްހާގެ ބަންދާމެދު ތަފްސީލީގޮތެއްގައި ވާހަކަދެއްކުން ހޯމަ ދުވަހު

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ފެބުރުއަރީ 2022 | ބުރާސްފަތި 12:44
މޭރީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ވަނީ, މޭރީގެ ފިރިމީހާ, ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރައްވާފައެވެ. އެއަށްފަހު މޭރީ މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ބަންދު މުރާޖައާ ވަނީ ވަކިން ކުރިއަށް ގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. 

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 20 ޖެނުއަރީ 2022ގައެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި, އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކައާގުޅޭ މެސެޖުތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މާވިން ގޫގްލް ސަރޗް މެދުވެރިކޮށް, އެފަދައިން މީހަކު މަރާނެ ގޮތް ސަރޗްކޮށްފައިވާކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެމީހުންގެ ދަރިފުޅު ލަމްހާއާ ހަވާލުކޮށް، މޭރީ މަރާލުމުގެ އަމަލު ހިންގާފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ. ލަމްހާގެ ގެއިން ފެނުނު ބައެއް ސިރިންޖު ތަކަކީ ބޭނުންކޮށްފައިވާ ސިރިންޖުތަކެއް ކަމަށާއި، އޭގެ ތަހުލީލު ކުރުމަށް ބޭރަށް ފޮނުވާފައިވާނެ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.

އެ ދުވަހު ގާޒީ އަމުރު ކުރެއްވީ ލަމްހާ 30 ދުވަހަށް ބަންދު ކުރުމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ފޯމާ ގުޅިގެން އިތުރު ވަގުތު ބޭނުންވާކަމަށެވެ. ދައުލަތުންވެސް ވަނީ ދިފާއަށް އެ ފުރުސަތު ދެއްވުމުގައި އިއުތިރާޒެއް ނެތްކަން ފާހަގަ ކުރައްވާފައެވެ. ވުމާއެކު، 21 ފެބްރުއަރީގައި އޮންނަ އަޑުއެހުމުގައި ބަންދާމެދު ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމަށް ވަނީ ނިންމަވާފައެވެ.

ގާޒީ ވަނީ ލަމްހާގެ ބަންދު އިތުރު 4 ދުވަހުގެ މުއްދަތަށް އިތުރު ކުރައްވާފައެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ, ބަންދާގުޅޭ އަޑުއެހުން ނޫސްވެރިން ނުވައްދައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެ އަޑުއެހުމުގައި ލަމްހާގެ ޒާތީ މައުލޫމާތުތަކެއް ހުރުމެވެ.

ލަމްހާގެ މައްޗަށް, އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަައުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު