Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި މިނީބަހުގެ ޚިދުމަތް ފޯރުކޮށްދިނުން

ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށާނަން: އާޒިމް

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 00:29
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވެފައިވަނީ މިނީ ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު ކުރިޔަށްދާ މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށެވެ. އަދި މިއަހަރުގެ ތިން ވަނަ ކުއަރޓަރ ނިމުމުގެ ކުރިން ޚިދުމަތްދެވެން ފަށާނެކަމަށެވެ. މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އެމަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު އުންމީދުކުރެވެނީ މިމަސްތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރެވޭނެކަމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ކޮންޓްރެކްޓްގައި ސޮއިނުކުރެވުނު ނަމަވެސް މިހާރުވެސް މަސައްކަތްތައް ފަށައިގެން ކުރިޔަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މި ޕްރޮޖެކްޓް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ މިކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް އެންމެ އެކަށޭނަ ބަހެއް ދެނެގަތުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު، ބަސްތަކުގެ ތެރެއިން އެންމެ ރަނގަޅު ބަހެއް ކަނޑައަޅާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަަށެވެ.

ޝިމާޒް ވިދާޅުވީ މިކަމަށް އެންމެ އެކަށޭނަ ބަހަކީ ކޮބައިކަން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު އެ ބަސްތައް ގެނެވި، މި އަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މީގެއިތުރުން ތިމާވެއްޓާ ރައްޓެހި މިނީ ބަހާއި ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން އިލެކްޓްރިކް މިނީ ދެ ބަސް ގަނެ ޗާޖިންގ ސްޓޭޝަނެއް ގާއިމްކުރާނެ ކަމަށެވެ. އެއީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ނެޓްޒީރޯގެ އަމާޒަށް ވާސިލްވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ އޭނާއަށް އެންމެ ގިނަ ސުވާލު އަމާޒުވަނީ ވެސް މިނީ ބަހާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް ބަޖެޓުގެ ދަތިކަމާއި ހެދި އެކަން ވެގެން ނުދިޔައީ ކަމަށާއި އޭގެ ފެށުމެއްގެ ގޮތުން ހިލޭ ދެ ބަސް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ތިމާވެއްޓާއި ރައްޓެހި ބަސްތަކެއް ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރިއާއި ވެސް ބައްދަލުކޮށްފައެވެ.

މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ 100 ދުވަހުގެ ވައުދުގެ ތެރެއިން އެ މިނިސްޓްރީއަށް ނުފުއްދި އޮތީ ހަމައެކަނި މިނީ ބަސް ގެނައުމުގެ ވައުދު ކަމަށެވެ. އެކަންނުވެ އޮތް ސަބަބެއްކަމަށް ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރައްވަމުން ގެންދަވާފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓް ނުލިބުމެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު