Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
211 ޕާކިންގ ސްލޮޓަށް ހުޅުވާލުން

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފި

ޕާކިންގ ޒޯންތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވަނީ ބުދަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2022 | ބުދަ 11:52
ފިނޭންސް މިނިސްޓްރީއާ އިންވެގެން އޮންނަ ޕާކިންގ ޒޯން

ފިނޭންސް މިނިސްޓްރީއާ އިންވެގެން އޮންނަ ޕާކިންގ ޒޯން

މާލެ ސިޓީ ކައުންސިލުން މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އެދި ހުށަހެޅުމަށް ގާއިމްކޮށްފައިވާ ލިންކަށް ދިމާވި ޓެކްނިކަލް މައްސަލައަކާގުޅިގެން ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

މި 211 ޕާކިންގ ސްލޮޓަށް ކުރިމަތިލުމުގެ ފުރުސަތު ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ޕާކިންގ ޒޯނަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ލިންކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ލިންކު ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ލިންކަށް ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި ހުޅުވާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި 211 ޕާކިންގ ސްލޮޓަށް ކުރިމަތިލުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިންވެސް ހުޅުވާލާފައެވެ. އަދި ގުރު ނެގުންވެސް ކުރިއަށްގެންގޮސްފައިވާއިރު، ޕާކިންގ ސްލޮޓްތަކުގެ ގުރުލުން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަ ނުޖެހުންތަކެއް ވަނީ އުފެދިފައެވެ.

އެހެންކަމުން މި މައްސަލަ އޭސީސީއަށް ވެސް ހުށަހަޅާފައިވެއެވެ. އޭސީސީން, އަލުން ގުރުއަތު ނެގުމަށް އެންގުމާއެކު، ފަހުންވެސް ގުރުއަތު ނެގުން ތާވަލު ކުރިއެވެ. ނަމަވެސް އިދާރީ މަސައްކަތެއް ނުނިމިގެން ގުރުއަތު ނެގުން ކެންސަލް ކުރުމަށްފަހު, ގުރުއަތު ނެގުން އޮތް ދުވަހު މި އިއުލާނު ވަނީ ބާތިލުކޮށްފައެވެ.

މި ޕާކިން ސްލޮޓްތަކަށް އަލުން ކުރިމަތިލުމަށް ހުޅުވާލާނެ ތާރީޚު ސިޓީ ކައުންސިލުން އާންމުކޮށްފައިވާއިރު، ބުދަ ދުވަހުން ފެށިގެން, އެކަމަށް ގާއިމުކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް މި ސްލޮޓްތަކަށް ކުރިމަތިލެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ޕާކިންގ ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޚާއްސަ ސްލޮޓްތައް ހިމެނެއެވެ. މިހާރު ގާއިމު ކުރެވިފައިވާ ޕާކިންގ ސްލޮޓުތަކުގެ ތެރެއިން %25 ޚާއްސަކުރެވިފައި ވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެއެވެ. މި ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީ ކުރުން ނުހިމެނެއެވެ.

މީގެ ކުރިން މި ސްލޮޓްތަކަށް ހުޅުވާލާފައިވާއިރު 211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައިވެއެވެ. މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ މީހަކަށް ވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުން ކޮށްފައިވަނީ މި ސްލިޕް ނަންބަރުތައް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީހުންނަށް ސްލިޕް ދޫކުރިއިރު ފޯމް ނަންބަރު ކައުންސިލުގެ ފަރާތުން ޖަހާފައި ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ގިނަ ސްލިޕްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މިކަމާގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ, ނަންބަރުތައް ނެތް ސްލިޕް ހުރެދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު