Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫސިޓީގައި ހިންގާ ޓްރެފިކް އޮޕަރޭޝަން

ފުލުހުން އައްޑޫސިޓީގައި ސްޕީޑް ގަން ބޭނުން ކުރަން ފަށައިފި

16 ފެބުރުއަރީ 2022 | ބުދަ 08:04

ސްޕީޑް ގަން ގެ އެހީގައި ބާރަށް ދުއްވާ ފަރާތްތައް ފަސޭހައިން ދެނެގަނެވޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 16 ފެބުރުއަރީ 2022 | ބުދަ 08:04
ފުލުހުން އައްޑޫގައި ހިންގާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން މީހަކު ހުއްޓުވައި ސުވާލު ކުރަނީ

ފުލުހުން އައްޑޫގައި ހިންގާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން މީހަކު ހުއްޓުވައި ސުވާލު ކުރަނީ

ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ބޭނުންކުރާ ސްޕީޑް ގަން އައްޑޫގައި ބޭނުން ކުރަން ފަށައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު މިޚިދުމަތް ފެށީ ހިތަދޫ ބޮޑުމަގުގެ ސިޓީ ސެންޓްރަލް ކައިރީގައެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގެ މަގުތަކަކީ އަމާންތަނަކަށް ހެދުމުގެ ގޮތުން ފެބްރުއަރީ މަހުގެ ކުރީކޮޅުންފެށިގެން ފުލުހުން ގެންދަވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އައްޑޫގެ  ގުޅިފައިވާ އަވަށްތަކުގައި ކުރިއަށްދާ މި އޮޕަރޭޝަނާއެކު ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ފާހަގަކުރެވިފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ބުދަ ދުވަހުން ފެށިގެން ސްޕީޑް ގަން ބޭނުން ކުރަނީ މިކަންކަން އިތުރަށް މޮނިޓަރކޮށް ބެލުމަށްޓަކައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މަގުމަތީގައި ހިނގާ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވުމުންނާއި ނުރައްކާތެރިކޮށް ދުއްވުމުންކަން ފާހަގަކުރައްވަމުން ޕޮލިސް އިންސްޕެކްޓަރ އާމިނަތު ރަޝީދު ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ ގާނޫނުން ބާރު ލިބިގެން އެފަދަ ކުށް ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު ތަންފީޒު ކުރެވެމުން އަންނަ ކަމަށާއި އެހެންކަމުން މިކަމަށް ޢާއްމުން ހޭލުންތެރި ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.  

ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން އަޅާ ގާނޫނީ ފިޔަވަޅު އޮންނަނީ ފުރަތަމަ ފަހަރަށް އެގޮތަށް ދުއްވުމުން 500 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެ ކުށް ތަކުރާރުކޮށްފިނަމަ 48 ގަޑި އިރަށް ލައިސެންސް ހިފެހެއްޓުމަށްފަހު 750 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި 3 ވަނަ ފަހަރު ކުށަށް އަރައިގަތުމުން އެދުއްވި އުޅަނދެއް 15 ދުވަހަށް ޓޯ ކުރުމަށް ފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

ނުރައްކާތެރި ދުއްވުންތަކަކީ މަގުމަތީގައި އެހެން މީހުންނަށް އުނދަގޫ ވާގޮތަށް ޒިގްޒެކްކޮށް ދުއްވުމާއި މަސްތުގެ ޙާލުގައި ހުރެގެން ދުއްވުމާއި މަޑުކުރަން ޖެހޭ ގޯޅި ނުވަތަ ބަންޕަރަށް މަޑު ނުކޮށް ދުއްވުމާއި ބެލުމެއް ނެތި އޯވަޓޭކް ކުރުންފަދަ ކަންކަމެވެ. ނުރައްކާތެރިކޮށް ދުއްވައިފިއްޔާ އެއުޅަނދެއް 30 ދުވަހަށް ޓޯ ކުރެވެއެވެ.

އައްޑޫގައި އަލަށް ބޭނުންކުރަން ފެށި ސްޕީޑް ގަން އަކީ، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ، ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭ ނިޒާމެކެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދެއެވެ.  ފުލުހުން ބޭނުން ކުރާ ސްޕީޑް ގަން އިން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައްވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ސްޕީޑް ގަން ދަނީ ބޭނުން ކުރެވެމުންނެވެ. އައްޑޫސިޓީއަކީ މަގުމަތީގެ ހިތާމަވެރި ޙާދިސާތައް ގިނައިން ހިނގާ ސިޓީއަކަށްވެފައި މިކަން ޙައްލު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންވެސް ހަރުދަނާ މަސައްކަތްތަކެއް ފެށުމަށް މިހަފްތާގެ ތެރޭވެސް ވަނީ ބައްދަލުވުންތައް ބާއްވާފައެވެ. 

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް