Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ އަދި އެހެނިހެން މަޞްލަޙަތުތަކުގެ ބިލް

ދޮގު މާލީ ބަޔާން ހުށަހަޅައިފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލެއް ހުށަހަޅައިފި

15 ފެބުރުއަރީ 2022 | އަންގާރަ 11:08

ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ އަންގާރަ ދުވަހުގެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ފެބުރުއަރީ 2022 | އަންގާރަ 11:08
އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް

އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް

މާލީ ބަޔާން ހުށަހެޅުމަށް ގާނޫނުއަސާސީގައި ލާޒިމްކޮށްފައިވާ މީހުންގެ މާލީ ބަޔާނުގައި ތެދު ނޫން މައުލޫމާތު ހިމެނޭނަމަ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ޖަލަށް ލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މި ބިލަކީ، މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލެވެ. ބިލުގައިވާ ގޮތުން ދޮގު މާލީ ބަޔާން ހުށަހަޅައިފިނަމަ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 2 އަހަރަށް އެމީހަކު ޖަލަށް ލެވޭނެއެވެ.

Advertisement - newsAdvertisement

ބިލު ހުށަހެޅުމުގެ މަގްސަދަކީ، މާލީ ބަޔާން ހުށަހަޅަންޖެހޭ މީހުންނާއި، ދައުލަތުގެ މަގާމުތައް އަދާކުރާ މީހުންގެ މަލީ އަދި އެހެނިގެން މަސްލަހަތު ހާމަކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއެކު ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލްތަކާއި މިންގަޑުތައް ކަނޑައެޅުމެވެ.

ބިލުގައިވާ ގޮތުން މާލީ ބަޔާންތަކުގެ ސައްޚަކަން ކަށަވަރުކުރާ މުއައްސަސާއަކުން އަންގާ އެންގުމަކާއި ޚިލާފުވެއްޖެނަމަ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެެ.

ސުންގަޑީގެ ކުރިން މާލީ ބަޔާން ހުށަނައަޅައިފިނަމަ ލަސްވި މުއްދަތަށް ބަލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެެ.

ދޮގު މާލީ ބަޔާން ހުށަހަޅައިފިނަމަ ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 2 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައިވެއެވެ. އަދި އެމީހަކު ހުރި މަގާމަކުން ވަކިކޮށް ތަހުގީގު ކުރެވޭނެ ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޚިލާފަށް ސިއްރު ޝަކުވާއަކާ ގުޅޭ މައްސަލައެއް އާއްމުކޮށް، ބަޔާނެއް ނައްތާލައިފިނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު ގިނަވެގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މި ގާނޫނުގެ ދަށުން ކުށެއްގެ ދައުވާކޮށް ޝަރީއަތަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައ ބަލައި ހުކުމް ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ.

މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައްބިލުގައި ވަރަށް ތަފްސީލުކޮށް ހިމަނާފައިވާއިރު، އެކަމުގައި އެކިއެކި ޒިންމާތައް އަދާކުރާނެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް