Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުރު ރާސްތާގެ ޕްލޭން

މަޝްވަރާއަކީ ވަކިގޮތަކަށް ކަންކަން ނިންމުން ކަމަށް ދެކުމަކީ ގޯހެއް – މައުސޫމް

ރާއްޖެއަކީ ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމެއް ކުރާ ގައުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2022 | ހޯމަ 08:35
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ދުރު ރާސްތާއަށް ޕްލޭންކޮށްގެން މަޝްވަރާ ކުރުމަކީ ވަކިގޮތަކަށް ކަންކަން ނިންމުން ކަމަށް ދެކުމަކީ ގޯހެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި، މަހިބަދޫ ދާއިރާގެ މެންބަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު ކުރެއްވި ސުވާލަކީ 21 ޑިސެމްބަރ 2021 ވަނަ ދުވަހު އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ 8 ފަޅެއް ޓުއަރިޒަމްގެ ބޭނުމަށް ދުކުރުމަށް ފެންނަ ކަމަށެވެ. މި ސިޔާސަތުގެ ދަށުން އަރިއަތޮޅުގައި ޓުއަރިޒަމް ތަރައްގީކުރުމަށް ފަޅުރަށެއް ނުވެސް ނެތް ކަމަށާއި، ރާއްޖޭގެ އެތައް ރަށެއް ތަރައްގީ ނުވެ ހުއްޓާ އަނެއްކާ އަރިއަތޮޅުން ފަޅުތަކެއް ދޫކުރުމަށް މީހުން ދިރިއުޅޭނެ ފަޅެއް ވެސް ނުބާއްވާ ނިންމަނީ ކޮން ސިޔާސަތަކުންތޯ ސުވާލު ކުރެއްވިއެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު ވެސް ވައުދުފުޅަކީ އދ. މަހިބަދޫ ރައްޔިތުންނާއި ކުބުރުދޫ ރައްޔިތުންނަށް މާފަރު ފަޅޭ ކިޔުނު ފަޅު ތަރައްގީކޮށް އެތަނުގައި ދިރިއުޅެވޭނެ ގޮތް ހެއްދެވުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި މިނިސްޓަރުގެ ސިޔާސަތާވެސް ތަފާތު ކަމަށެވެ. އަދި މީގެ އިތުރުން ހަންޏާމީދޫ އިހްތިސާސްތެރޭގައި ހިމެނޭ ދެ ފަޅެއް ވެސް ޓުއަރިޒަމްގެ ބޭނުމަށް ވިއްކާލުމަށް މިނިސްޓަރ ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް މެންބަރު ތޯރިގުގެ ސުވާލުގައި ވިދާޅުވިއެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ޓުއަރިޒަމްއަށް 50 އަހަރު ފުރުން ފާހަގަކުރުން ފެށިގެން ކުރިއަށްދާ ކަމަށާއި، އޮކްޓޯބަރ 3 ވާނީ ޓުއަރިޒަމްއަށް 50 އަހަރު ފުރޭ ދުވަހަށް ކަމަށެވެ. ރާއްޖޭގެ ޓުއަރިޒަމް ދުނިޔޭގެ ބައިނަލްއަގުވާމީ ތަފާތު އެވޯޑްތައް ހޯދާފައިވާ އިރު، ތިމާވެއްޓާއި ރައްޓެހި ތިމާވެށީގެ މާހިރުން ގަބޫލުކުރާ ސިޔާސަތުތަކެއް އެކަށައެޅި އެގޮތަށް ކަންތައްތައް ކުރެވެމުންދާ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވިފައި ކަމަށެވެ. ހާއްސަ ގޮތެއްގައި މުޅި ދުނިޔޭގެ ސުރުހީތަކަށް އަރަމުންދާ ފްލޯޓިންގ ސިޓީ ހޮޓާ ވެގެންދާނީ ރާއްޖެ އެހެން މިނަކަށް ގެންދާނެ މަސައްކަތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމްގެ ކާމިޔާބީއަށް ބަލާއިރު، އެންމެ ބޮޑު ކާމިޔާބީއެއް އޮންނަނީ ދުރު ރާސްތާ ޕްލޭނަށް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޓުއަރިޒަމް މިނިސްޓްރީން ގަބޫލުކުރާ ގޮތުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރާއި އިހްތިޔާރު ޒިންމާ އެއީ ހަމައެކަނި ގަނޑެއްގައި ލިޔެވިފައިވާ އެއްޗެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެފަދަ މަޝްވަރާއަށް އަހާފައި އެމީހުން ބުނާ ކޮންމެ ކަމެއް ސަރުކާރުން ނުކުރެވިދާނެ ކަމަށާއި ސަރުކާރުން މުޅި ދައުލަތަށް ވިސްނަން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނުން ދޭ ބާރު އަތޮޅު ކައުންސިލަށް ދޭން ބޭނުންވާ އިރު، އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއަކީ ދުރު ރާސްތާ ޕްލޭންގައި ބޭނުންވާ ކަންތައް ކަމުން އެ ވާހަކަ އައްސަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އއ އަދި އދ އަތޮޅަކީ ފަތުރުވެރިކަމުގެ މުހިންމު މަންޒިލެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު