Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީގެ ކޮމްޕޮސިޝަން

ޖޭއެސްސީގެ މެމްބަރުންގެ 5 އަހަރުގެ މުއްދަތު 3 އަހަރަށް ބަދަލު ކުރެއްވުމަށް ތޯރިޤު ހުށައަޅުއްވައިފި

އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދޭ މިނިވަންކަމާ މުސްތަގިއްލު ކަމަށް ހުރަސް އެޅެމުންދާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2022 | ހޯމަ 08:26
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

ޖޭއެސްސީގެ މެމްބަރުންގެ 5 އަހަރުގެ މުއްދަތު 3 އަހަރަށް ބަދަލު ކުރެއްވުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހުށައަޅުއްވައިފިއެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ހުށައެޅުއްވި މި ބިލުގައި ވަނީ މިހާރު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން ގާނޫނު އަސާސީގެ ހަވަނަ ބާބުން އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދޭ މިނިވަންކަމާ މުސްތަގިއްލު ކަމަށް ހުރަސް އެޅެމުންދާކަމަށް ބަޔާން ކުރައްވާފައެވެ. މި ބިލު ކުރިންވެސް މަޖިލީހަށް ހުށައެޅުއްވިއެވެ. ނަމަވެސް ބިލު ބަލައިނުގަތުމަށް އޭރު މަޖިލީހުގެ އަޢުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވަނީ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރާ ފަރާތްތަކަކީ ސިޔާސީ ފަރާތްތަކަށް ވުމުގެ ސަބަބުން، އެފަރާތްތަކުން ބައިވެރިވެގެން އެ ކޮމިޝަނުން ބަލާ މައްސަލަތަކުގަޔާއި އަދި ނިންމާ ނިންމުންތަކުގައި ސިޔާސީ ނުރަނގަޅު ނުފޫޒާއި ބާރު އެކުލެވިގެންދާ ކަމަށެވެ.

ތޯރިޤު ހުށައެޅުއްވި ބިލުގައި ވަނީ ޖޭއެސްސީއަށް މެމްބަރުން އިންތިޚާބު ކޮށްގެން ހޮވުމަށް ފެންނަކަމަށް ބަޔާން ކުރައްވާފައެވެ. އެގޮތުން އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެމްބަރާއި ސީއެސްސީގެ ރައީސްގެ އިތުރުން ބަންޑާރަ ނައިބު އެ ކޮމިޝަނުން އުނިކުރުމަށެވެ. އޭގެ ބަދަލުގައި ހުށައަޅުއްވާފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅިކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލެއްގެ އިތުރުން ރާއްޖޭގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވާދޭ ދާރިސުންގެ ތެރެއިން އިންތިހާބު ކުރާ ދާރިސެއް ކޮމިޝަނުގައި ތިއްބަވާ ގޮތަށް ހިމެނުމަށެވެ.

އަދި ޖޭއެސްސީގެ މެމްބަރުންގެ 5 އަހަރުގެ މުއްދަތު 3 އަހަރަށް ބަދަލު ކުރެއްވުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވިދިވިދިގެން އެއްވެސް މީހަކަށް ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ނުހުރެވޭގޮތަށް ވަނީ ހުށައަޅުއްވާފައެވެ.

ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރަކާއި ބަންޑާރަ ނައިބު އާއި ރައީސް އައްޔަން ކުރައްވާ ބޭފުޅެކެވެ. ދެން އެ ކޮމިޝަންގައި ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމުންގެ މެމްބަރާކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ގާނޫނީ ވަކީލެކެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު