Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ޑި ޔޯން ޖެހި ލަނޑުން ބާސާ ބަލިނުވެ ސަލާމަތްވެއްޖެ

އެސްޕަންޔޯލް އާއި ބާސާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2022 | ހޯމަ 08:27
ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރަށުން ބޭރުގައި ބާސާއިން ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރީ ގޮންޒާލޭޒްއެވެ. އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ބާސާގެ ފޯވާޑް އެޑަމާ ޓްރައޯރޭ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޕަންޔޯލުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖީ ޑާޑޭއެވެ.

އެސްޕަންޔޯލްއިން ވަނީ ދެވަނަ ހާފުގައި ބާސާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓުުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިއީ ޑާޑޭގެ އެހީތެރިކަމާއެކު ރައުލް ޑެ ތޯމަސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެކަމަކު އިތުރު ވަގުތުގެ ފަހު މިނެޓުގައި ބާސާގެ ލޫކް ޑި ޔޯން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޓަރައޯރޭގެ އެހީތެރިކަމާއެކުގައެވެ.

މި މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި އެސްޕަންޔޯލްގެ ނިކޯ މެލަމެޑް އާއި މާނޫ މޮލާނޭސް އަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ބާސާއިން ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެއީ ފަސްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމަށްވެސް 23 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ބާސާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު