Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

"މިހާރު ނުހެދި ހުރި ރަށްތަކުގެ 50 އިންސައްތަ ނިންމަންވެސް 900 މިލިއަން ޑޮލަރު ބޭނުންވާނެ"

14 ފެބުރުއަރީ 2022 | ހޯމަ 08:10

ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ރާވަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2022 | ހޯމަ 08:10
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް ނުހެދި ހުރި ރަށްތަކުގެ 50 އިންސައްތަ މަސައްކަތް ނިންމަންވެސް މަދުވެގެން 900 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މެމްބަރު ޖާބިރު ކުރެއްވި ސުވާލުގައި ވަނީ ފަތުރުވެރިކަމުން އެހާ ބޮޑު ނަފާއެއް ލިބިގެންދާއިރު، ރަށްރަށް ނުހެދި ހުންނަ އަސްލު ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ، މެމްބަރު ޖާބިރު ފާހަގަކުރެއްވި ނުކުތާއަކީ އަލިއަޅުވާލަންޖެހޭ މުހިއްމު މައުޟޫއެއް ކަމަށެވެ. އެގޮތުން މިހާރު ނުހެދި ހުރި ރަށްތަކުގެ 50 އިންސައްތަ މަސައްކަތް ނިންމުމަށްވެސް އެންމެ މަދުވެގެން 900 މިލިއަން ޑޮލަރު ބޭނުންވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެ ފައިސާ ރާއްޖެއަށް ހޯދާނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. އެގޮތުން ޤާނޫނުތަކަށް ބަދަލު ގެނެސްގެންވެސް އެކަމަށް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދަންޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންވެފައި އޮތީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް ފަތުރުވެރިކަމުގެ މަންފާ ހޯދައިދިނުމަށް ކަމަށެވެ. އެކަމަށް މަގުފަހި ކުރުވުމަށްޓަކައި ރާއްޖޭގެ އިޤްތިސާދީ ފުދުންތެރިކަން އިތުރުކޮށް، އެ މިންވަރަށް ރާއްޖޭގެ ފުދުންތެރިކަންވެސް ފުޅާވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ރާވަމުންދާ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައިވެސް އެކަމަށްޓަކައި މުހިއްމު ވެބިނަރތައް ބޭއްވިފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފަތުރުވެރިކަން ކުރުމަށް ގާތްގަނޑަކަށް 160 ރަށް މާކެޓަށް ނެރެފައިވާއިރު، އެ ރަށްތަށް މާކެޓަށް ނެރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ނުކުޅެދިފައިވާ ކަމަށް ރައީސް ސޯލިޙު ވަނީ އެމަނިކުފާނުގެ ކެމްޕޭން ދުވަސްވަރު ވިދާޅުވެފައެވެ. އެގޮތުން ފަތުރުވެރިކަމަކީމުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެންޖެހޭ ކަމެއްކަން ރައީސް ސޯލިޙު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެ ރަށްތަށް މާކެޓަށް ނެރުމަށް ފައިސާގެ ލޯނުތަށް ލިބޭނެ ގޮތަށް ފަހިކޮށްދެއްވާނެ ކަމަށް އޭރުވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް