Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑު-19ގެ ބަލިމަޑުކަން

ކޮވިޑުގެ އައު ވޭރިއެންޓުތަކެއް ފެނި، އައު ވެކްސިންވެސް ބޭނުންވެދާނެ!

14 ފެބުރުއަރީ 2022 | ހޯމަ 07:14

މިހާރު ބޭނުންކުރާ ވެކްސިންތަކުގެ ބޭނުންކެނޑި، އިތުރު ވެކްސިންތަކެއް އުފައްދަންވެސް ޖެހިދާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ފެބުރުއަރީ 2022 | ހޯމަ 07:14
ކޮވިޑް-19 މެލޭޝިޔާ

ކޮވިޑް-19 މެލޭޝިޔާ

ކޮވިޑު-19 އަކީ މުޅި ދުނިޔެއަށް ސިހުން ގެނުވި ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަން ދުނިޔޭގެ އެތައް ބިލިއަން ބަޔަކު ތަހައްމަލުކޮށްފައި ވާއިރު، މި ބަލީގައި ފަސް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ސަބަބުން އަސަރު ކުރަނީ ހަމައެކަނި އިންސާނުންގެ ސިއްހަތަކަށް ނޫނެވެ. ދިރިއުޅުމަށްޓަކައި ކުރާ ހުރިހާ މަސައްކަތަކަށްވެސްމެއެވެ. މި ބަލިމަޑުކަމާއެކު މުޅި ދުނިޔޭގެ އިޤްތިޞާދު ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައި އޮތް ވަގުތެއްވެސް އައެވެ.

ނަމަވެސް މުޅި ދުނިޔެ އެކީގައި ކުރި މަސައްކަތުން މި ބަލިމަޑުކަމަށް ކޮންމެވެސް ކަހަލަ ތަސައްލީއެއް ލިބުނެވެ. އެކަމަކު މާގިނަ ދުވަހެއް ނުވެއެވެ. އަނެއްކާވެސް މިބަލީގެ އައު ވޭރިއެންޓެއް ފެނުނީއެވެ. އެފަހަރު ޑެލްޓާ ކިޔާ ވޭރިއެންޓެެކެވެ. ފެތުރޭ މިންވަރު އަވަސް ނުވި ނަމަވެސް ބަލީގެ ނުރައްކާ ބޮޑެވެ. އަނެއްކާވެސް ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކުރީއެވެ. ލޮކްޑައުންއަކަށް ދާންޖެހުނީއެވެ. ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތްތައްވެސް ހުއްޓުމަކަށް އައީއެވެ.

އެހާ ހިސާބުންވެސް ހިތްވަރު އެލުވާނުލާ އެންމެން އަތުގުޅާލައިގެން މަސައްކަތްކުރީ މި ވަބާއިން ސަލާމަތްވުމަށެވެ. ލިބުނު ގެއްލުންތަކުން އަރައިގަނެ އަނެއްކާވެސް ފާގަތި ދިރިއުޅުމެއް އާރާސްތުކުރުމަށެވެ. މިކަމަށްޓަކާއި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ވެކްސިން ޖެހުމާއި އާންމުން ވެކްސިނަށް ހޭލުންތެރިކުރުމެވެ. ގައިދުރުކަން ބަހައްޓާ މާސްކުއެޅުމެވެ. މީގެ އިތުރުންވެސް ސިއްހީ މާހިރުން ދެއްވާ ލަފާތަކަށް އަމަލުކުރުމެވެ.

ޑެލްޓާ ވޭރިއެންޓުން އަރައިގެންތާ މާ ގިނަ ދުވަހެއް ނުވަނީސް އަނެއްކާވެސް ކޮވިޑުގެ އިތުރު ރާޅާކާއި ކުރިމަތިލާން ޖެހުނެވެ. މިފަހަރު އޮމިކްރޯން ކިޔާ ވޭރިއެންޓެކެވެ. ފަސޭހަ ކަމާއެކު ފެތުރޭ މި ވޭރިއެންޓު އަނެއްކާވެސް މުޅި ދުނިޔެއަށް ސިހުން ގެނުވިއެވެ. މި ވޭރިއެންޓުގެ އިތުރު ސަބް ވޭރިއެންޓުތައްވެސް އުފެދުނެވެ. ނަމަވެސް މިފަހަރު ޑެލްޓާ ވޭރިއެންޓްހާ ބާރުގަދައެއް ނޫނެވެ. ނުރައްކާ ކުޑައެވެ.

އޮމިކްރޯން ވޭރިއެންޓުސް ސަލާމަތް ނުވެވިގެން އުޅެނިކޮށް އިތުރު ވޭރިއެންޓެއްގެ ވާހަކަ މިހާރު މިވަނީ އަޑުއިވިފައެވެ. އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވަރސިޓީ ސައިންޓިސްޓުންގެ ދިރާސާއަކުން ދައްކާ ގޮތުގައި މިފަހަރު ކުރިމަތިވެދާނެ ކަމަށް ބެލެވެނީ ކޮވިޑުގެ އިތުރު ރާޅާކާއެއް ނޫނެވެ. ކޮވިޑުގެ ސުނާމީއަކާއެވެ.

އެމެރިކާގެ މި ސައިންޓިސްޓުން ނިއުޔޯކުގެ ސްޓާޓެން އައިލެންޑްގައި 131 ފުއްލާއެއްގެ ސާމްޕަލް ނަގައިގެން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި، އެންޓިބޮޑީސް އުފައްދަނީ މީގެ ތެރެއިން އެންމެ 15 އިންސައްތަ ފުއްލާއެވެ. އަދި މީގެ ކުރިން ކޮވިޑު ޖެހިފައިވާ ޖަނަވާރުތަކަށްވެސް އަލުން ކޮވިޑު ޖެހޭކަމަށް މި ދިރާސާއިން ދައްކައެވެ.

މި ދިރާސާއާއި ގުޅިގެން ޕެން ސްޓޭޓް ވެޓެރިނަރީ މައިކްރޯބަޔޮލޮޖިސްޓް ސުރެޝް ކުޗިޕުޑީ ވިދާޅުވާ ގޮތުގައި ޖަނަވާރުންގެ ތެރޭގައި މި ބަލި ގިނަވާ ވަރަކަށް އިންސާނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި މީގެ ސަބަބުން އިތުރު ވޭރިއެންޓުތަކެއް އުފެދުމުގެ ފުރުސަތުވެސް ބޮޑުވެގެންދާކަމަށް ސުރޭޝް ވިދާޅުވިއެވެ. މީގެ އިތުރުން މި ވައިރަސް އެއްކޮށް މިއުޓޭޓްވުމާއެކު މި ބަލި ނައްތާލުމަށް ޖަހާ ވެކްސިންގެ ބާރުވެސް ކެނޑިގެންދާނެ ކަމަށް ވިދާޅުވިއެވެ. ސުރޭޝް ވިދާޅުވީ އޭރުން މިހާރު ބޭނުންކުރާ ވެކްސިންތަކުގެ ބޭނުންކެނޑި، އިތުރު ވެކްސިންތަކެއް އުފައްދަންވެސް ޖެހިދާނެކަމަށެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފުއްލާއަކަށް ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ބަލި ޖެހިފައިވަނީ އޮހިއޯގައި އުޅުނު ފުއްލާއަކަށެވެ. ޔޫއެސްޑީއޭއިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްތާ، ބުޅާ، މިނިކާވަގު، ސިންގާ، ސްނޯ ލެޕާޑް އަދި ގޮރިއްލާ ފަދަ ޖަނަވާރުތަކަށްވެސް ވަނީ ކޮވިޑު ޖެހިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2018

ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

15 އޯގަސްޓު 2018
ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި
24 މެއި 2018

ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

24 މެއި 2018
ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
13 ޑިސެމްބަރު 2017

ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

13 ޑިސެމްބަރު 2017
ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
23 އެޕްރީލު 2017

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"
29 މާރިޗު 2017

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް