Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން އޮފީހުގެ ބޯޑު މެމްބަރުން

ޕެންޝަން އޮފީހުގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި

13 ފެބުރުއަރީ 2022 | އާދީއްތަ 17:46

ދެބޭފުޅުން ބޯޑަށް އައްޔަން ކުރައްވާފައިވަނީ 10 ފެބްރުވަރީ 2022ން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ މުއްދަތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ފެބުރުއަރީ 2022 | އާދީއްތަ 17:46
ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުން

ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުން

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި ދެބޭފުޅުންނަކީ މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޣާލީ މުރުތަލާއާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަބްދުލް މަޖީދު އަލީ އެވެ. ޣާލީ މުރުތަލާއަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަބްދުލް މަޖީދަކީ އެސްއެމްއީ ފައިނޭންސާއި، އޮޑިޓިންގ އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

މި ދެބޭފުޅުން ބޯޑަށް އައްޔަންކުރައްވާފައިވަނީ 10 ފެބްރުވަރީ 2022ން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ މުއްދަތަށެވެ.

ޕެންޝަން އޮފީހުގެ ބޯޑަކީ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޗެއަރޕަރސަންއާއި, ޕަބްލިކް ސެކްޓަރ ތަމްސީލްކުރާ 3 މެންބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ 4 މެންބަރުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި އައްޔަންކުރަނީ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން, މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން އިވެލުއޭޓްކޮށް ޝޯޓްލިސްޓްކުރާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަރާތްތަކެވެ. ބޯޑު މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީގައި ހިމެނެނީ, ސިވިލް ސަރވިސް ކޮމިޝަނާއި, މިނިސްޓްރީ އޮފް ފައިނޭންސް, އަދި އެއިރެއްގައި ސޯޝަލް ސެކިއުރިޓީއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ, މިނިސްޓްރީން ކަނޑައަޅުއްވާ ފަރާތްތަކެވެ. މިކޮމިޓީން ޝޯޓްލިސްޓްކުރާ ފަރާތްތަކުގެ ކިބައިގައި, ގާނޫނުގައި ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށް އެފަރާތްތަކުގެ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ފޮނުވާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި

09 މާރިޗު 2017
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް