Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ސަސް ބަލިކޮށް އީގަލްސްއިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

13 ފެބުރުއަރީ 2022 | އާދީއްތަ 12:57

މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 13 ފެބުރުއަރީ 2022 | އާދީއްތަ 12:57
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކްލަބް އީގަލްސްއިން އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

ފ. ނިލަންދޫ ޓާފް ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ސަސްގެ ލަޔާން ހުސައިންއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިނު ނަމަވެސް އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ލަޔާން ފޮނުވާލުމުގެ ކުރިން ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި އީގަލްސްގެ އިތުބާރު ފޯވާޑް ޒައިން ޒަފަރު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޒައިން ވަނީ ލަނޑު ޖަހާ އީގަލްސްއަށް ލީޑު ނަގައިދީފައެވެ. މިއީ އަބާން މުޙައްމަދު އަލީގެ އެހީތެރިކަމާއެކު ޒައިން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ޒައިންއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި ވެސް އީގަލްސްއިން ސަސްގެ ހާފަށް ބާރުބޮޑުކުރިއިރު، ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އީގަލްސްގެ ކެޕްޓަން ހުމައިދު ހުސައިން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ރިޝަންއަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް ސަސްގެ އަޙްމަދު އައިހަމް މޫސާ ވަނީ އޭނާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ހުއްޓުވައިފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ ޒައިން ޒަފަރު އޭރިއާ ތެރެއިން މުޅިން ހުސްކޮށްލާފައި މުޙައްމަދު ރިޝާންއަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ސަސްގެ ޑިފެންޑަރު އަލީ ޒާލިފް ވަނީ ރިޝާން ފޮނުވާލި ހަމަލާ ހުއްޓުވައިފައެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި އީގަލްސްގެ މާހީ އިބްރާހީމް މުބައްސިރު މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ސަސްގެ އައިހަމް ވަނީ ދިފާއުކޮށްފައެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް ސަސްގެ އިސްއާފް މުޙައްމަދު ފިރާގް ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ދިފާއުކޮށްފައެވެ.

އީގަލްސްއިން މި މުބާރާތް ނިންމާލައިފައި ވަނީ ބައިކޮޅަށް ލަނޑެއް ނުވަދެއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ކުޅުނު ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައިވަނީ އީގަލްސްއިންނެވެ. އެކަމަކު އެފަހަރުގެ މުބާރާތް ބާއްވާފައިވަނީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް