Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެންޒެމާގެ އަނިޔާ

އަނިޔާގެ ސަބަބުން ބެންޒެމާއަށް ޕީއެސްޖީ މެޗު ނުކުޅެވިދާނެ

ބެންޒެމާގެ ފަލަ މަސްގަނޑަށް އަނިޔާވީ މިދިޔަ މަހު ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގެ ތެރެއިން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2022 | ހުކުރު 09:15
ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ

ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ނުކުޅެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާގެ ފަލަ މަސްގަނޑަށް އަނިޔާވީ މިދިޔަ މަހު ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގެ ތެރެއިންނެވެ. އޭގެ ފަހުން ރެއާލުން ކުޅުނު މެޗުތަކުގައި ބެންޒެމާ ފެނިފައެއް ނުވެއެވެ. އެގޮތުން ސްޕެނިޝް ކަޕުގައި އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް ބަލިވި މެޗުގައި ވެސް ބެންޒެމާ ކުޅެފައެއް ނުވެއެވެ.

މީގެ ކުރިން ބެލެވުނީ އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި ބެންޒެމާ ފިޓްވާނެ ކަމަށެވެ. އެކަމަކު އެ ފުރުސަތު މިހާރު ހަނިކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބެންޒެމާގެ ރިކަވަރީ ލަސްވާތީ ރެއާލުގެ މެޑިކަލް ޓީމުން ވަނީ އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ސަމާލުކަމަށްވެސް ގެނަސްފައެވެ.

މި ފަހުން ބެންޒެމާ ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށިނަމަވެސް ކުރިއަށް ގެންދަނީ އިންޑިވިޖުއަލް ތަމްރީންތަކެވެ. ރެއާލްގެ މެޑިކަލް ޓީމުން ބުނީ ބެންޒެމާއަށް ޓީމް ޓްރެއިނިންގައި ބައިވެރިވާން އަދި މުއްދަތު ނަގާނެ ކަމަށެވެ.

ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 28 މެޗުގައި 24 ލަނޑު ޖަހައިފައެވެ. އަދި ނުވަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ.

ބެންޒެމާއަކީ މި ސީޒަނުގައި ރެއާލްގެ އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާއެވެ. އެހެންވެ ޕީއެސްޖީއާ ދެކޮޅަށް ރެއާލުން ނުކުންނައިރު، ބެންޒެމާއަށް ނުކުޅެވުން ވެގެންދާނީ އެ ޓީމުގެ ކޯޗު އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށެވެ.

ކަރިމް ބެންޒެމާރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު