Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގިނަ އަދަދެއްގެ ދޫނިތަކެއް މަރާލުން

ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް، ފިޔަވަޅު އަޅާނަން: ފިޝަރީޒް މިނިސްޓްރީ

މި ރިޕޯޓަކީ ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާ ރިޕޯޓެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ފެބުރުއަރީ 2022 | ބުރާސްފަތި 07:47
މަރާލާފައިވާ ދޫނިތައް

މަރާލާފައިވާ ދޫނިތައް

ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ރިޕޯޓެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަންގަވާފައިވާ ކަމަށާއި އެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފައެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ރިޕޯޓަކީ، ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަން ހިނގި ގޮތުގެ ޙަޤީޤަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލި ރިޕޯޓެއް ކަމަށެވެ.

"ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" އާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 5 ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް އެމިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާރވިސްއިން 8 ފެބްރުއަރީ 2022 ގައި ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި އިޙްޞާސްތައް އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމާމެދު ހިތާމަކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީން ކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލް އަޤްވާމީ މުޢާޙަދާއާއި އެއްގޮތަށް އެ މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ޚިދުމަތެއް ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަން ޖެހޭ ޙާލަތްތަކުގައި، ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ނައްތާލަމުން އައިސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ ދިރޭތަކެތަކެއްޗަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ޞިއްޙަތު ރައްކާތެރިކުރެވޭކަން ކަށަވަރު ކުރުމާއިއެކު، ޕްލާންޓް އެންޑް އެނިމަލް ކަރަންޓިން ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި، ޤާނޫނާއި ޤަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަޙަތު ވެރިންގެ ލަފަޔާއި އިރުޝާދާއެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

މިފަދަ ކަންކަން މުސްތަޤްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެ ކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާއަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ފިޝަރީސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
11 އެޕްރީލު 2024

11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 އެޕްރީލު 2024
11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
05 ފެބުރުއަރީ 2023

މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި

05 ފެބުރުއަރީ 2023
މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި
11 ޑިސެމްބަރު 2022

ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

11 ޑިސެމްބަރު 2022
ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
11 ޑިސެމްބަރު 2022

މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ - ރައީސް

11 ޑިސެމްބަރު 2022
މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ - ރައީސް
27 އޮކްޓޯބަރު 2022

އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ: މިނިސްޓަރު

27 އޮކްޓޯބަރު 2022
އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ: މިނިސްޓަރު
26 ސެޕްޓެމްބަރު 2022

ސަރުކާރުގެ ވައުދުތައް ފުއްދުނު މިންވަރާ މެދު ވަޒީރާއި ކުރި ސުވާލުގެ ޖަވާބުދެއްވީ ޤާސިމް!

26 ސެޕްޓެމްބަރު 2022
ސަރުކާރުގެ ވައުދުތައް ފުއްދުނު މިންވަރާ މެދު ވަޒީރާއި ކުރި ސުވާލުގެ ޖަވާބުދެއްވީ ޤާސިމް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް