Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ވައުދުތައް

ސަރުކާރުގެ ވައުދުތައް ފުއްދުނު މިންވަރާ މެދު ވަޒީރާއި ކުރި ސުވާލުގެ ޖަވާބުދެއްވީ ޤާސިމް!

މެމްބަރުން ސުވާލުކުރެއްވީ ސަރުކާރުގެ ވައުދުތައް ފުދުނު އިންސައްތައާ މެދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ސެޕްޓެމްބަރު 2022 | ހޯމަ 05:41
ރައީސް ޞާލިހު އާއި ގާސިމް އިބްރާހިމް

ރައީސް ޞާލިހު އާއި ގާސިމް އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވައުދުތައް ފުދުނު މިންވަރާއި މެދު ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންއާ މެމްބަރުން ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ނުދެވި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެ ސުވާލަށް ޖަވާބުދެއްވައިފިއެވެ.

ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް ފަހު އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު، އަބްދުﷲ ރިޔާޒް (ސީޕީ ރިޔާޒް) ވަނީ މި ސަރުކާރުގެ ވައުދުތަކުގެ ކިހާ އިންސައްތައެއް ފުއްދިއްޖެތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނަކީ ހަމައެކަނި މަސްވެރިކަމާއި އެގްރިކަލްޗަރާއި ގުޅުން ހުރި ކަންކަން ބަލަހައްޓަވާ ވަޒީރަށް ވުމުން، މުޅި ސަރުކާރަށް ވައުދު ފުއްދުނު އިންސައްތަ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމާއި ގުޅިގެން މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައިގެން މިނިސްޓަރަށް ސަރުކާރުގެ ވައުދުތައް ވެސް އެނގިވަޑައިނުގަންނަވާ ކަަމަށް ވިދާޅުވެ މިނިސްޓަރަށް ފާޑު ވިދާޅުވެފައެވެ. އަދި ރިޔާޒް ވަނީ އޭނާ ސުވާލު ކުރެއްވީ މަސްވެރިކަމުގެ ދާއިރާއިން ވައުދު ފުއްދުނު މިންވަރާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އެ ހިސާބުން ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު، ގާސިމް ވިދާޅުވީ ސަރުކާރުން ވީ ވައުދުގެ 99 އިންސައްތަ ފުއްދިފައިވާ ކަމަށް ޔަގީންކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ގާސިމް އެފަދައިން ވިދާޅުވުމުން މެމްބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުން އަޑު ގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީސް ކުރިއަށް ގެންދަން އުނދަނގޫވެ، ވަޒީރަށް ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް މެމްބަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ވަޑައިގަތީ ވައުދު ފުއްދުނު މިންވަރުގެ ހިސާބު ހިއްޕަވައިގެން ނޫން ކަމަށާއި، އެ މައުލޫމާތު ޔަގީން ނުކުރައްވާ މައުލޫމާތު ދެއްވައިފި ނަމަ އެ ކަމާ މެދު އެމަނިކުފާނު ކުށްވެރި ވާނެތީ އެ މައުލޫމާތު ސާފުނުކުރައްވާ ޖަވާބުދެއްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްފިޝަރީސް މިނިސްޓްރީމަޖިލިސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު