Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަފްހަމްގެ މަރުގެ ތަހުގީގު

ލަންކާގައި މަރާލާފައި އޮއްވާ ފެނުނު އަފްހަމްގެ ޕޯސްޓްމޯޓަމް ހަދައިފި

10 ފެބުރުއަރީ 2022 | ބުރާސްފަތި 02:02

އަފްހަމް މަރުވެފައި އޮއްވާ ފެނުނީ ފެބްރުއަރީ 5 ވަނަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ފެބުރުއަރީ 2022 | ބުރާސްފަތި 02:02
ލަންކާއިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދަރިވަރު އަފްހަމް ނަސީރު

ލަންކާއިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދަރިވަރު އަފްހަމް ނަސީރު

ސްރީލަންކާގައި މަރާލާފައި އޮއްވާ ފެނުނު ދިވެހި ޒުވާނާ އަފްހަމް ނަސީރުގެ ޕޯސްޓްމޯޓަމް ހަދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޒަޚަމްތަކަކާއެކު އަފްހަމް މަރާލާފައި އޮއްވާ ފެނިފައިވަނީ ފެބްރުއަރީ 5 ވީ ހޮނިހިރު ދުވަހުއެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ 4 ވީ ހުކުރު ދުވަހުގެ ރެއެވެ. އޭނާ ގެއްލުނުއިރު ދިރިއުޅެމުން އައީ ލަންކާގެ ދެހިވެލާގައެވެ.

Advertisement - newsAdvertisement

އަފްހާމްގެ މަރާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް ގެންދަނީ ލަންކާގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ އަފްހަމްގެ ޕޯސްޓްމޯޓަމް ބުދަ ދުވަހު ހަދާފައިވާކަމަށެވެ. އަދި ލަންކާގައި ހަރަކާތްތެރިވަމުންދާ ދިވެހި ފުލުހުންގެ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީނިއަރ އޮފިސަރަކާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ އިންވެސްޓިގޭޓަރެއް ހޯމަ ދުވަހު ވަނީ ކޮަލަމްބޯއަސް ގޮސްފައެވެ.

މި ހާދިސާ އާއި ގުޅޭ ވީޑިއޯ ވަނީ އާންމުކޮށްފައެވެ. އެގޮތުން ލަންކާގެ ޓީވީއަކުން މި ހާދިސާއާގުޅޭ ބައެއް މަންޒަރުތައް ގެނެސްދީފައިވާއިރު، އެ ސަރަހައްދުން ދެމީހެއްގެ ހަށިގަނޑު ފެނިގެންދެއެވެ. ލަންކާ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނައިރު، ފެނުނު 2 ހަށިގަނޑުގެ ދެމެދުގައި ގާތްގަނޑަކަށް 300 މީޓަރުގެ ދުރުމިނެއް ހުންނާނެކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ދެވަނަ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ވަޅިއެއްވެސް ފެނިފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ވީޑިއޯއިންވެސް ފެންނަ ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުއްޓެވެ.

އުމުރުން 23 އަހަރުގެ އަފްހަމް ނަސީރު މަރާލާފައި އޮއްވާ ފެނުނު ބީޗް ސަރަހައްދުން، އަފްހަމްގެ ބައެއް ތަކެތިކަމަށް ބެލެވޭ ސާމާނުވެސް ފެނިފައިވެއެވެ. އަފްހަމަކީ 2019 ގައި ލަންކާއަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް