Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

ގިނަ ޑްރަގްތަކެއް އެތެރެކޮށް، ރަށަކަށް އެރުވުމަށްފަހު އެތަކެތި ގެންގޮސްފި، މިހާތަނަށް ހޯދިފައެއް ނުވޭ

1.3 ޓަނުގެ މަސްތުވާތަކެތި ފުލުހުންނަށް އަތުލައިގަނެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2022 | ބުދަ 11:09
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ  ބޭފުޅުންނާ ބައްދަލުކުރުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ ބައްދަލުކުރުން

ގިނަ ޑްރަގްތަކެއް ދާދި ފަހުންވެސް ރާއްޖެއަށް އެތެރެކޮށް، ރަށަކަށް އެރުވުމަށްފަހު އެތަކެތި ގެންގޮސްފައިވާ ކަމަށާއި، އެތަކެތި މިހާތަނަށް ހޯދިފައި ނުވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން, މިނިސްޓްރީ އޮފް ހޯމް އެފެއަރޒް, އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، 1.3 ޓަނުގެ މަސްތުވާތަކެތި ފުލުހުންނަށް އަތުލައިގަނެވިފައިވާ ކަމަށާއި، އޭގެ އިތުރުންވެސް ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށެވެ.

އަދި ދާދި ފަހުންވެސް ބޮޑު އަދަދަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށާއި، އެތަކެތި ރާއްޖޭގެ ރަށަކަށް އެރުވުމަށްފަހު އެތަނުން ގެންގޮސްފައިވާ ކަމަށެވެ. އެތަކެތި މިހާތަނަށްވެސް ހޯދިފައިނުވާކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

ސީޕީ ވިދާޅުވީ، ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ތެރެއިން ހޯދިފައިވަނީ މަދު މިންވަރެއް ކަމަށެވެ. މި މުޅި ވިޔަފާރިއާ ދެކޮޅަށް ފުލުހުން މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަމާ ހިތްހަމަ ނުޖެހޭނެ މީހުންވެސް ތިބޭނެކަމަށް ސީޕީ ވިދާޅުވިއެވެ.

ދާދި ފަހުން ފުލުހުން ވަނީ އެކި އޮޕަރޭޝަންތަކުގައި އަތުލައިގަތް 314 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ. މި ނައްތާލެވުނު 314 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ރ. އަތޮޅުން އަތުލައިގަނެވުނު 215 ކިލޯގެ މަސްތުވާތަކެއްޗާއި އދ. މަހިބަދޫން އަތުލައިގަތް 107 ކިލޯގެ މަސްތުވާތަކެތި ހިމެނެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުން ކަނޑުމަގުން އެތަކެތި ގެނެސް ރާއްޖޭގެ ފަޅު ރަށްރަށަށް އެރުވުމަށްފަހު އެތަކެތި ގެންދާ މައްސަލަތައް މިފަހުންވެސް ފެންމަތިވެފައިވެއެވެ. އެގޮތުން ފުލުހުން އަތުލައިގަތް 215 ކިލޯ ޑްރަގް ފެނުނީވެސް ރ. ރާނބުގަލީ ކަށިކެޔޮ ގަސްގަނޑެއްގެ ތެރޭގައި ހުރި ގޯނިތަކަކުންކަން ވަނީ ހާމަވެފައެވެ.

މި މައްސަލައިގެ އައިއޯއިން ފާހަގަކުރާ ގޮތުގައި "ފެށުން 2" ކިޔާ ލޯންޗެއްގައި މި ދެމީހުން ރ. މަޑުއްވަރީއަށް ވަތް ވަގުތު, ބަލައި ފާސްކޮށްފައިވާކަމަށް ސީންގައި ހަރަކާތްތެރިވި އޮފިސަރުން ވަނީ ބުނެފައެވެ. އަދި އޭރު ލޯންޗުން ގިނަ އަދަދެއްގެ ޕެޓްރޯލް ހަންތަކާއި، ސެޓެލައިޓު ފޯނެއް ފެނިފައިވާއިރު، އެ ސަރަހައްދުގައި ހުރި ފަޅު ރަށްތައްވެސް އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ރ ބޮޑުފަރު ފިނޮޅުން ޕެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިގެން އޮފިސަރުން އެމީހުންނާ ސުވާލު ކޮށްފައިވާކަމަށާއި، ޖަވާބުގައި, އެއީ މަސްތުވާތަކެތި ބަލައި ދިއުމަށް ޓެސްޓު ދަތުރެއް ކުރަން ބޭނުންކުރި ހަންތަކެއްކަމަށް އެމީހުން ބުނެފައިވާކަންވެސް އޮފިސަރުން ފާހަގަ ކުރެއެވެ.

ސީންގައި ހަރަކާތްތެރިވި އޮފިސަރުން މައުލޫމާތު ދޭ ގޮތުގައި އެ ދެމީހުން އެތެރެކުރި މަސްތުވާތަކެތި ރ. ރާނބުގަލީގައި ހުންނާނެކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދެއްކިއެވެ. އެގޮތުން އެތަކެތި ފެނިފައިވަނީ އެމީހުން އެތަކެތި ހުންނާނެކަމަށް ބުނި ކަށިކެޔޮ ގަސްތަކުގެ ތެރޭގައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެތަނުން މަސްތުވާތަކެތި އަޅާފައި ހުރި 11 ގޯނި ފުލުހުން ހޯދާފައިވެއެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަނުގައި 215 ކިލޯ ހުންނާނެކަންވެސް ފުލުހުން ފާހަގަ ކުރެއެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
30 ނޮވެމްބަރު 2025

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު