Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ އަދުލުގެ ނިޒާމު

ކުޑަކުއްޖަކު ކުރާ ކުށަކާއި ގުޅިގެން ހިންގޭ ޝަރީއަތް ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ: ސުޕްރީމް ކޯޓު

ގަވާއިދަށް ޢަމަލުކުރަން ފަށާނީ 2022 ފެބުރުވަރީ 22 ވާ އަންގާރަ ދުވަހުން ފެށިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2022 | ބުދަ 05:34
ސުޕްރީމް ކޯޓް- ސުޕްރީމް ކޯޓުން މައުލޫމާތުދޭ ގޮތުގައި މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 2022 ފެބުރުވަރީ 22 ވާ އަންގާރަ ދުވަހުން ފެށިގެން

ސުޕްރީމް ކޯޓް- ސުޕްރީމް ކޯޓުން މައުލޫމާތުދޭ ގޮތުގައި މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 2022 ފެބުރުވަރީ 22 ވާ އަންގާރަ ދުވަހުން ފެށިގެން

ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް އިސްތިއުނާފު މަރުޙަލާގައި ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު ސުޕްރީމް ކޯޓުން އާންމުކޮށްފިއެވެ.

މި ޤަވާއިދު ސުޕްރީމް ކޯޓުން އާންމުކޮށްފައިވަނީ ބުދަ ދުވަހުއެވެ. ސުޕްރީމް ކޯޓުން މައުލޫމާތު ދޭ ގޮތުގައި މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 2022 ފެބުރުވަރީ 22 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ މަޤްޞަދަކީ ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް އިސްތިއުނާފީ މަރުޙަލާގައި ބެލުމުގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތައް ހިފެހެއްޓޭކަން ކޯޓުން ކަށަވަރު ކުރެވޭނެ ގޮތެއްގެމަތިން، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް އިސްތިއުނާފު މަރުޙަލާގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ބެލުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 63 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުޑަކުއްޖަކު ކުރާ ކުށަކާއި ގުޅިގެން ހިންގޭ ޝަރީއަތެއްގެ މައްސަލަ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެހެންނަމަވެސް، ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުނަ ނުވަތަ ޙައްލު ކުރަން ދަތި މައްސަލައެއްގެ ސަބަބުންނާއި، ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއްގެ ސަބަބުން ނަމަވެސް އެ މުއްދަތުގެ ތެރޭގައި މައްސަލަ ނުނިންމޭނަމަ، އެކަން ކުއްޖާގެ ބެލެނިވެރިޔާއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށްވެސް އަންގަން ޖެހެއެވެ. އެގޮތަށް އަންގާތާ 6 މަސް ދުވަހުގެ ތެރޭގައި މައްސަލަ ނިންމަންވެސް ޖެހެއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައިވެސް ބަޔާންވެފައިވަނީ ޖިނާއީ ކުށެއްގެ ދަޢުވާ އުފުލޭ ކޮންމެ ކުޑަކުއްޖަކަށް، މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި، އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި، ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަމަށެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޖިނާއި މައްސަލައެއްގައި ކުޑަ ކުއްޖެއްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށައަޅާނީޙުކުމް ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެތެރޭގައެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްވެސް ލިބެނީ ގިނަވެގެން 60 ދުވަހެވެ.

އޭގެ އިތުރުން، ދަށު ކޯޓުން ނެރޭ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާނަމަ، އެ އަމުރެއް ނެރޭ ގަޑި ނުވަތަ އެ ނިންމުމެއް ނިންމާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހެއެވެ. އެ ނޫން ފަރާތަކުން އިސްތިއުނާފު ކުރާނަމަ 10 ދުވަހުގެ މުއްދަތެއް ލިބިގެންދެއެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނާ ޚިލާފުވާ ކުޑަކުއްޖާ އަދި ކޯޓަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ފަސޭހަކަމާއެކު ބަލައި ދިރާސާކުރެވޭނެ އިންތިޒާމު ކޯޓުން ހަމަޖައްސަން ޖެހެއެވެ. އަދި ޝަރީޢަތް ފެށެން ދެން ޢާންމުންނާއި ކޯޓުގެ މުވައްޒަފުންގެ ތެރެއިން މައްސަލަ އާއި ގުޅުން ނެތް ފަރާތްތަކާއި ވަކިން މަޑުކުރެވޭނެ އިންތިޒާމުވެސް އެ ކޯޓަކުން ހަމަޖައްސަން ޖެހެއެވެ.

އޭގެ އިތުރުން، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތް ފެށުމާއި، އިސްލާމް ދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއްގެ ޝަރީޢަތް، ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން، ކުއްޖާގެ އިހުސާސްތަކަށް ރިޢާޔަތްކުރެވިގެން ކުރިއަށް ގެންދިއުންފަދަ ކަންކަންވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިންގެ މައްޗަށް ހިންގާ ޝަރީއަތްތައްވެސް އޯޑިއޯ ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު