Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮލްކޯ ފްލެޓްތަކުގެ މަސައްކަތް

ޕޮލްކޯ ފްލެޓްތަކުގެ މަސައްކަތް ފަށަން އޮތް ތާރީޚުގައި ވާނީ ފަށާފައި: އަމީން ކޮންސްޓްރަކްޝަން

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2022 | އަންގާރަ 05:12
ފުލުހުންގެ ޕޮލްކޯ ފްލެޓް

ފުލުހުންގެ ޕޮލްކޯ ފްލެޓް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އިމާރާތްކުރަމުންދާ ޕޮލްކޯ ފްލެޓްތަކުގެ މަސައްކަތް، އެ މަސައްކަތް ފަށަން އޮތް ތާރީޚުގައި ފަށާފައިވާނެ ކަމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރަމުންދާ ޕޮލްކޯ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމަން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށި ވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އަބްދުﷲ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ފަށަން އޮތް މުއްދަތުގައި ފަށައިގެން މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުﷲ ވިދާޅުވީ މިފަދަ މަސައްކަތަކާ މުޅިން އަލަށް ހަވާލުވާއިރު، މަސައްކަތަށް ބޭނުންވާ ސާމާނު ހުރިތޯ ބެލުމާއި ނެތް އެއްޗެއް ނަމަ އެ އެއްޗެއް ހޯދުމުގެ މަސައްކަތްވެސް ކުރަންޖެހޭ ކަމަށެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި ކޮށްފައިވަނީ މި މަސައްކަތްތައް ކަމަށާއި، މިހާރު މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 3 ޓަވަރެއްގެ ފިނިޝިންގ މަސައްކަތް ކުރަމުންދާއިރު މަސައްކަތް ފަށާ ތަނުން، ބޭރުން ބަލާލާ ބަލާލުމަކުން މަސައްކަތް ކުރިއަށްދާކަން ނޭނގިދާނެ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ފިނިޝިންގ މަސައްކަތުގެ އިތުރުން އެހެނިހެން މަސައްކަތްތަކެއްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސައްކަތް ނިންމަންޖެހޭ ދުވަހަށް މަސައްކަތް ނިންމޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިިޓެޑާއި ހަވާލުކޮށްފައިވަނީ ޕޮލްކޯ ޓަވަރު އޭ، ބީ، ސީގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށެވެ. ޕޮލްކޯ ޓަވަރުތަކުގައި ޖުމްލަ 361 ޔުނިޓްގެ 3 ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނުގައި 1100 ވަރަކަށް އަކަފޫޓު ހުރެއެވެ. މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާރޓްމެންޓްތަކުގެ އިތުރުން ޕާރކިން އޭރިއާ، ކޮމާރޝަލް އޭރިއާ އަދި މަލްޓިޕާރޕަސް ހޯލް ހިމެނެއެވެ.

މި މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިިޓެޑާއި ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ. އަދި 240 ދުވަހުގެ ތެރޭގައި ފިނިޝިންގ މަސައްކަތް އެއްކޮށް ނިންމަންޖެހެއެވެ.

ފުލުހުންގެ ޕޮލްކޯ ފްލެޓްއަމީން ކޮންސްޓްރަކްޝަންޕްލޭނިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025
ފުލުހުންގެ ފްލެޓްގެ ކޮރަޕްޝަންގެ ތަހުޤީގަށް އޭސީސީ އިން ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯ އަށް ރެއިޑްކޮށްފި

ފުލުހުންގެ ފްލެޓްގެ ކޮރަޕްޝަންގެ ތަހުޤީގަށް އޭސީސީ އިން ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯ އަށް ރެއިޑްކޮށްފި

03 ފެބުރުއަރީ 2025
ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އޭސީސީ

ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އޭސީސީ

03 ފެބުރުއަރީ 2025
ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި

ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި

25 ޖެނުއަރީ 2025
ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް ބަލަނީ

ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް ބަލަނީ

24 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު