Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލްކޯއަށް އޭސީސީން ވަނުން

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޕޮލްކޯއަށް އަނެއްކާ ވެސް އޭސީސީން ވަދެއްޖެ

ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އޭސީސީން 03 ފެބްރުއަރީގައި ވެސް ޕޮލްކޯއަށް ވަދެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2025 | ބުދަ 12:13
ފުލުހުންގެ ޕޮލްކޯ ފްލެޓްތައް

ފުލުހުންގެ ޕޮލްކޯ ފްލެޓްތައް

ފުލުހުންގެ ވެލްފެއަރ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް އަނެއްކާ ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަދެއްޖެއެވެ.

ރާއްޖެއެމްވީއަށް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ހެއްކާ ގަރީނާ ހޯދުމަށް ޕޮލްކޯއަށް ބުދަ ދުވަހު އެކޮމިޝަނުން ވަދެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

ޕޮލްކޯއަށް އޭސީސީން ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން އޭސީސީން 03 ފެބްރުއަރީ 2025 ވަނަ ދުވަހު ވެސް ޕޮލްކޯއަށް ވަދެފައެވެ.

އޭސީސީ އިން ޕޮލްކޯ އަށް ވަދެފައިމިވަނީ އެތަނުން ހިންގި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭތީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެފައިވަނިކޮށްށެވެ. އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އާ ހަވާލުކޮށްގެން ކުރިއަށް ގެން ގޮސްފައިވަނީ މިހާރު ރައީސް ކަމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުންކަން ވަނީ ހާމަވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ހައުސިން މިނިސްޓަރަކަށް ހުންނަވައި ރައީސް މުއިއްޒު ހުށަހެޅުއްވި ކަރުދާހާއި ގުޅިގެން ރައީސް އޮފީހުން ފޮނުވި ސިޓީގެ ކޮޕީ މި ނޫހަށް ވަނީ ލިބިފައެވެ.

ރާއްޖެއެމްވީއަށް އޭސީސީން ބުނީ މިމައްސަލަ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ޚާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލީސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓުގައި ބުނެފައި ވަނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރު ކަމަށެވެ. އެހެންކަމުން މި މަޝްރޫއު އަށް ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. ހަމައެހެންމެ ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވާ ކަމަށާއި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަންއެ މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ރިޕޯޓްގައިވެއެވެ.

އޮޑިޓް އޮފީހުން އިތުރަށް ބުނީ އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާއަށް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު މިއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1،851 ރުފިޔާގެ ރޭޓުން ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖް އަގުކަމުގައި ބެލެވެނީ އަކަފޫޓަކަށް 1300 ރުފިޔާއާއި 1500 ރުފިޔާ ރޭޓުތަކެއް ކަމަށެވެ. އަދި މި ރޭޓުތަކަށް ބަލާއިރު، މިމަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ އާއި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި އަންދާޒާ އަގުތަކަށް ބަލާނަމަ މިމަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

މި މަސައްކަތް ކޮށްފައި ވަނީ ވަކި ފާރާތަކަށް މަންފާވާ ގޮތަށް ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ޕޮލްކޯއިން މިމަޝްރޫއާއެކު ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ''މިސްޓަރ އެކްސް'' އަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ އެސޯޝިއޭޓެޑް ކުންފުނިތަކަށް ކަމަށް ބެލެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު