Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް

ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކޮށްފި

ގިރިފުށީ ބަނދަރުގައި މިހާރު ލައިފައި މިވާ އެއްގަމު ތޮށްޓަކީ، 1998 ވަނަ އަހަރު ލައިފައިވާ ތޮށްޓެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2022 | އަންގާރަ 00:44
ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު

ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތަމްރީނުތައް ހިންގާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އިފުތިތާޙުކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވަނީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްވެގެންދާކަމީ، ދިވެހި ޤައުމީ ދިފާޢީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އަދި، މަޝްރޫޢު ފެށިގެން ދިޔުމަކީ، ސިފައިންނަކީ ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ހުރިހާ ޙާލަތަކާ ވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ، "ފައިޓިންގ ފިޓް" ފޯރސްއަކަށް ހައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މުހިއްމު އިސްތިރާޖީ ލަނޑުދަނޑިކަމުގައި ވީހިނދު، އޭގެ އެންމެ މުހިއްމު އެލިމެންޓަކީ ޓްރެއިނިންގ ކަމުގައެވެ. އަދި، ގިރިފުށްޓަކީ ދިވެހި ސިފައިންގެ ހުރިހާ ކެރިއަރ ކޯސްތަކާއި އެހެނިހެން ޝޯޓް ކޯސްތަކާއި ތަފާތު ތަމްރީނުތައް ހިންގާ މުހިއްމު މަރުކަޒެއް ކަމަށާއި، އެހެންކަމުން، ގިރިފުއްޓަކީ ވީރާނާވާން ދޫކޮށް ނުލެވޭނެ އަދި އެތަނުގެ އިންފުރާސްޓްރަކްޗަރ އަލުން ބިނާކުރަން ޖެހޭ މަރުކަޒެއްކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުއަކީ، 1998 ވަނަ އަހަރުން ފެށިގެން ދެކެމުންއައި ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދިޔުންކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ބަނދަރު އަޕްގުރޭޑް ނުކުރެވި އޮތުމުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ރަށަށް އަރާފޭބުމުގައި ހުރި ދަތިތަކާއި، ބޭރު ތޮށި އެހެން ހުރުމުން ހިންގަން ޖެހޭ ބައެއް ތަމްރީނުތައް ވެސް ނުހިންގުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

ގިރިފުށީ ބަނދަރުގައި މިހާރު ލައިފައި މިވާ އެއްގަމު ތޮށްޓަކީ، 1998 ވަނަ އަހަރު ލައިފައިވާ ތޮށްޓެކެވެ. އަދި އޭގެފަހުން ގިރިފުށީ އެއްގަމު ތޮށީގައި 2002 ވަނަ އަހަރު ކޮންކުރީޓް ކެޕިން ޖެހުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އޭރު ކަނޑުތޮށި ހަދާފައި ހުރީ ފަރުމަތިން ގާ ނަގައިގެން ތޮށިގަނޑެއް ހެދުމަށް ފަހު ފެންސްބައި ޖަހައިގެންނެވެ. މިގޮތަށް ހެދުމުން، ކަނޑުތޮށި ވަނީ 4 އަހަރު ތެރޭ އެއްކޮށް ހަލާކުވެފައެވެ. އަދި އެކި ފަހަރުމަތިން މަރާމާތުކުރެވުނު ނަމަވެސް އެކަމަށް ދާއިމީ ހައްލެއް އޮތީ ނުލިބިފައެވެ.

ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް ވިދާޅުވީ، ގިރިފުއްޓަކީ ހުރިހާ ދިވެހިންނަށް ނަމޫނާ ދެއްކުމަށްޓަކައި ދިވެހި ސިފައިން ތައްޔާރުކުރާ މައި މަރުކަޒުކަމަށް ވާއިރު، މި މަރުކަޒަކީ ފުރިހަމަ އަދި ވަރުގަދަ ތަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި، ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާ އެމްޓީސީސީއަށް އެމްއެންޑީއެފްގެ މަސައްކަތެއް ކުރަން ލިބުމަކީ ލިބިލައްވާ ޚާއްޞަ ޝަރަފެއްކަން ފާހަގަކުރައްވައި، އާދަމް އާޒިމް ވިދާޅުވީ، ދިވެހި ސިފައިންގެ މުއައްސަސާއިން އެދިލައްވާ މަސައްކަތްތައް އަދި ފްލެކްސިބަލް ފައިނޭންޝިންގ ޓާމްތަކުގައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ވެސް ސިފައިންނަށް ކޮށްދެއްވުމަކީ އެމްޓީސީސީއަށް ލިބިގެންދާ އުފަލެއް ކަމަށެވެ. އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވަނީ، އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އަންނަ ޖުލައި މަހުގެ ކުރިން ނިންމައި ޑިފެންސް މިނިސްޓްރީއާއި ހަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިރަސްމިއްޔާތުގައި، މި ޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްޓީސީސީގެ އިސްވެރިންނާއި އަދި އެމްއެންޑީއެފްގެ އެކި ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގިރިފުށިއެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީއާދަމް ޢާޒިމްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު