Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމީ ބަދަލުތައް

ހުޅުމާލެ ތަރައްގީކުރުމުގައި މޫސުމީ ބަދަލުތަކަށް ވަރަށް ބޮޑަށް ބަލާފައިވޭ: ޖީސީއޭ

7 ފެބުރުއަރީ 2022 | ހޯމަ 12:13

ރާއްޖެއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ގައުމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ފެބުރުއަރީ 2022 | ހޯމަ 12:13
ޖީސީއޭގެ ސީއީއޯ، ޕްރޮފެސަރ ޑރ. ޕެޓްރިކް ވަރކޮއިޖަން

ޖީސީއޭގެ ސީއީއޯ، ޕްރޮފެސަރ ޑރ. ޕެޓްރިކް ވަރކޮއިޖަން

ހުޅުމާލެ ތަރައްގީކުރުމުގެ ޕްރޮޖެކްޓަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ޕްރޮޖެކްޓެއް ކަމަށް ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ސީއީއޯ، ޕްރޮފެސަރ ޑރ. ޕެޓްރިކް ވަރކޮއިޖަން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގުރީރުގައި ޑރ. ޕެޓްރިކް ވިދާޅުވީ, ދިވެހިރާއްޖެއަކީ އަބަދުވެސް މޫސުމީ ކާރިސާތަކާމެދު ހޭލުންތެރިކުރުވުމަށް އެންމެ ފުރިހަމަ ނަމޫނާ ދައްކައިދިނުމުގެ ގޮތުން އަބަދުވެސް ފުރަތަމަ ސަފުގައި މަސައްކަތްކުރާ ގައުމެއް ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރުގެ ސަބަބުން އެކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ރާއްޖެއަށް މަޖުބޫރުވެފައިވާކަމަށް ޑރ. ޕެޓްރިކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ހައްލު ހޯދުމަށް ރާއްޖެއިން ދަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއްވެސް ކުރަމުން ކަމަށް ޑރ. ޕެޓްރިކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބޮޑުބައެއް ހިއްސާކުރާ އެއް މަޝްރޫއު ކަމަށްވާ ހުޅުމާލޭގެ ބްރިޖް ހުރަސްކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށާއި ދެވަނަފިޔަވައްސަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި މި ޒިޔާރާތުން އެނގިވަޑައިގަތް އެއް ކަމަކީ, ހުޅުމާލެއަކީ ސީދާ މޫސުމީ ބަދަލުތަކަށް ވަރަށް ބޮޑަށް ތައްޔާރުކުރެވިފައިވާ ޕްރޮޖެކްޓެއްކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލެއަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބައި ކަމަށްވާ ދެ ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ތަނަކަށްވެފައި, އެތަނަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ސަލާމަތް ކުރެވިފައިވާ ތަނެއް ކަމަށް ޑރ. ޕެޓްރިކް ވިދާޅުވިއެވެ. ހުޅުމާލޭގެ ފެން ލޮނުވުމުން ވެސް ރައްކާތެރިކުރެވިފައިވާކަމަށާއި، މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް، ބަދަލުތަކާއެކު ދިރިއުޅުމަށް ފަހިކޮށްދޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވިފައިވާ ހަމައެކަނި ޕްރޮޖެކްޓު ކަމަށް ޑރ. ޕެޓްރިކް ވިދާޅުވިއެވެ.

އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ނެދަރލޭންޑްސްގައި ގިނަ ގުނަ ވަސީލަތްތަކެއް ގާއިމުވެ، ހުނަރުވެރި ސިވިލް އިންޖިނިއަރުން ތިބިކަމުގައިވީނަމަވެސް، އެގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅުމަށް މިފަދަ ތަނެއް ތައްޔާރުކުރުމަށް އެތައް ސަތޭކައަހަރެއް ވަނީ ހޭދަވެފައި ކަމަށް ޑރ. ޕެޓްރިކް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މަދު ހަފްތާތަކެއްގެތެރޭގައި ފަށާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މިއީ ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް އެންމެ އެކަށޭނަ މިންވަރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް އިތުރު މަސައްކަތްތަކެއްވެސް ކުރަންޖެހޭކަމަށާއި، ބައެއް ރަށްތައް އެއީ ރައްކާތެރި ރަށްތަކެއްގެ ގޮތުގައި އަލުން ތަރައްގީކުރެވިދާނެ ކަމަށް ޑރ. ޕެޓްރިކް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިގޮތަށް ހިމާޔަތްނުކުރެވި ހުރި ރަށްތައް ގެއްލިގެންދިއުމަކީ އެކަށީގެންވާކަމެއް ކަމަށް ވިދާޅުވިއެވެ.

ޑރ. ޕެޓްރިކް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވަށައިގެންވާ ގުދުރަތީ ވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. މިގޮތުން ކުޅިތަކާއި ފަރުތައް ނެތި ދިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ އެންމެ މައި މަސައްކަތަށް ވާންޖެހޭނެ ކަމަށް ޑރ. ޕެޓްރިކް ވިދާޅުވިއެވެ.

ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް