Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
241 ކޮމިޓީގެ ބައްދަލުވުން

އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ގައުމީ ސަލާމަތަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމަށް 241 ކޮމިޓީން ނިންމައިފި

ބައެއް މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 13:52
241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ގައުމީ ސަލާމަތަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމަށް 241 ކޮމިޓީން ނިންމައިފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ނުކުންނާނެ ނަތީޖާތައް ބެލުމަށް އެދިވަޑައިގެން 241 ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގައިވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

Advertisement - newsAdvertisement

މައްސަލަ ބޭރު ކުރުމަށް ހުށަހެޅުއްވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ. ޣައްސާން ވިދާޅުވީ، މައްސަލައަކީ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއާ ފުށުއަރާކަމެއް ކަމަށެވެ. ޣައްސާންގެ ހުށަހެޅުމަށް ކޮމިޓީން ތާއީދު ކުރެއްވީ، ވިލިމާލެ ދާއިރާގެ މެމްބަރު  އަހުމަދު އުޝާމެވެ. އެހެން ނަމަވެސް އެ ހުށަހެޅުން ކޮމިޓީން ފާހެއްނުވިއެވެ.

އެހެން ކަމުން ކޮމިޓީން މައްސަލަ ދިރާސާކުރާނެ ގޮތާމެދު މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތާ މެދު މަޝްވަރާކޮށް, މެމްބަރުންވަނީ ހުށަހެޅުންތަކެއްވެސް ހުށަހަޅުއްވާފައެވެ.

ހަސަން ލަތީފް ހުށަހެޅުއްވީ މައްސަލަ 241 ކޮމިޓީން ބެލުމަށެވެ. އަދި އެހެން ކޮމިޓީތަކުގެވެސް ޚިޔާލު ހޯދުމަށް ހަސަން ލަތީފް އެދިވަޑައިގެންނެވިއެވެ. މައްސަލަ ބަލާއިރު މިކަމުގައި ހުރި ނުރައްކާތެރިކަން ދެނެގަތުމަށްޓަކައި، ބައެއް މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމަށް ހަސަން ލަތީފް ހުށަހެޅުއްވިއެވެ. އެގޮތުން އެމްއެންޑީއެފާއި، ފުލުހުންނާއި، ޑިފެންސް މިނިސްޓްރީއާއި، ހޯމް މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީ އަދި ފޮރިން ރިލޭޝަން ކޮމިޓީގެ އިތުރުން, ކަސްޓަމާއި އިމިގްރޭޝަނާވެސް ބައްދަލު ކުރުމަށްވަނީ ހުށަހަޅުއްވާފައެވެ.

އަދި ދިރާސާއިން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ފެނިއްޖެ ހާލަތެއްގައި އެކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބެލުންވެސް މުހިންމު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އިލްޔާސް ލަބީބެވެ. އަދި ވިޔަފާރީގެ ރޮނގުން ރާއްޖެއަށް ކުރާނެ އަސަރު ދެނެގަންނަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ބައެއް ތަކެއްޗަކީ އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތަކެތި ކަމަށާއި، އިންޑިއާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު, މިކަންކަމަށް ކުރާނެ އަސަރު ދެނެގަތުން މުހިންމު ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވަނީ، މި މައްސަލައަކީ 241 ކޮމިޓީން ބަލަންޖެހޭ މައްސަލައެއްތޯ ސުވާލު އުފައްދަވާފައެވެ. މިއަށް ރައްދު ދެއްވައި، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް އޮތްތޯ ބެލުމަށް އެދިވަޑައިގެންފައިވާތީ، އެކަން ދެނެގަތުމަށް ދިރާސާ ކުރުމަކީ ކޮމިޓީން ކުރަންޖެހޭ ކަމެއް ކަމަށެވެ.  

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި، ރާއްޖެއާ  ރާއްޖޭގެ ރައްޔިތުންނަށް އަދި އިންޑިއާގައި އުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް މި ހަރަކާތުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ދެނެގަންނަންޖެހޭ ކަމަށެވެ. ރާއްޖެއަށް މިކަމުން ވިޔަފާރީގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކުރާނެ އަސަރު ދެނެގަތުމަށްވެސް ހިސާން ހުށަހެޅުއްވިއެވެ.

ހުޅުމާލެ ދާއރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާ ދެކޮޅަށް ހިންގާ ހަރަކާތްތައް ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާ އެދިވަޑައިގަތުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ޚިލާފަށް ކުރެވޭ ކަމެއް ނޫން ކަމަށާއި، މިއީ ކޮމިޓީން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. ބަޔަކު ރާވައިގެން ކެމްޕެއިންކޮށްގެން ހިންގާ ހަރަކާތެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވާތީ، އެކަމަށް ޚަރަދުކުރާ ބަޔަކު ދެނެގަތުމަށް ދިރާސާ ކުރުމަށްވެސް އަލީ ނިޔާޒު ހުށަހެޅުއްވިއެވެ.  

ގައުމީ ސަލާމަށް ނުރައްކާވާ ގޮތަށް ސިޔާސީ ޕާޓީއަކުން އިންތިޒާމް ކޮށްގެން ފަންޑުކޮށްގެން ހިންގާނަމަ އެކަން ބެލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް އަލީ ނިޔާޒް ވިދާޅުވިއެވެ. 

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މި މައްސަލައިގެ ބޭނުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫން ކަމަށާއި، މައްސަލައިގެ ބޭނުމަކީ، ގައުމީ ސަލާމަތަށް މިކަމުން އޮތް ނުރައްކާ ދެނެގަތުން ކަމަށެވެ. މައްސަލަ ބޭރުކުރަން ދެކެވޭ ވާހަކައަކީ، ރައްޔިތުންނަށް ވެވޭ އިހުމާލެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބުމުން ރާއްޖެއަށް އެކަމުން ކުރާނެ އަސަރު ދެނެގަންނަން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، ކޮމިޓީއަށް މައްސަލަ ބަލައިގަނެ ބައްދަލުވުން ތާވަލް ކުރެވިގެން ދިޔައީ މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބަޔާން ކޮށްފައިވާތީ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރުމުގައި ގައުމީ ސަލާމަށް ހުރި ނުރައްކަލާއި، މިކަމުން ދެ ގައުމުގެ ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރާއި، ވިޔަފާރީގެ ގުޅުމަށް ކުރާނެ ނޭދެވޭ އަސަރު, އަދި ޖުމްލަކޮށް ރާއްޖެއަށް މިކަމުން ކުރާނެ އަސަރު ދެނެގަންނާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ، މެމްބަރުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން އިންޑިއާއައުޓް ކެމްޕެއިން ހިންގާ ގޮތާއި، އެކަމަށް ޚަރަދުކުރާ ގޮތް ބެލުމަށް މި ސްޓޭޖްގައި މުހިންމު ނޫން ކަމަށެވެ. އެކަމާ ގުޅޭގޮތުން މެމްބަރުންނަށް އިތުރަށް މަޝްވަރާ ކުރެވިދާނެކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަދި އިންޑިއާގެ އެހީތެރިކަން ހޯދަނީ ގައުމު ވިއްކާލާފައިތޯ ދެނެގަންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި، އެކަން ހާމަ ކުރައްވާނެ ކަމަށް މުގައްރިރު ވިދާޅުވިއެވެ.

ކޮމިޓީ ނިންމަވާލައްވަމުން އަސްލަމް ވިދާޅުވި، ޖަލުތަކާ ބެހޭ ގޮތުން ވަރަށް ގިނަ މީހުންގެ ޝަކުވާ ކޮމިޓީއަށް ލިބެމުންދާތީ، ޖަލުތައް ހިންގަމުންދާނެ ގޮތް ބެލުމަށް ދިރާސާއެއް ކުރުމަށް މިއަހަރަށް ގަސްދުކުރައްވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު