Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީއަށް ވަނުމުގެ އުސޫލަށް ބަދަލު ގެނައުން

ވެކްސިން ޖަހާފައި ތިއްބަސް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ނޫނީ ސައުދީއަށް އެތެރެނުވެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި

7 ފެބުރުއަރީ 2022 | ހޯމަ 03:06

މިއުސޫލަށް ސައުދީގެ ރައްޔިތުންވެސް އަމަލުކުރަންޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ފެބުރުއަރީ 2022 | ހޯމަ 03:06
ސައުދި އަރަބިއްޔާއިން އަންނަނީ އެޤައުމަށް އެތެރެވެވޭ އުސޫލަށް ބަދަލުތަކެއް ގެންނަމުން

ސައުދި އަރަބިއްޔާއިން އަންނަނީ އެޤައުމަށް އެތެރެވެވޭ އުސޫލަށް ބަދަލުތަކެއް ގެންނަމުން

ވެކްސިން ފުރިހަމަކޮށްފައި ތިބި ނަމަވެސް ސައުދީ އަރަބިއްޔާއަށް އެތެރެވާ ހުރިހާ އެންމެން 48 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ނުވަތަ އެންޓިޖެން ޓެސްޓެއްގެ ނަތީޖާއާއެކު ވަންނަންޖެހޭ ގޮތަށް ސައުދީން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ސައުދީން ބުނީ މިއުސޫލަށް ސައުދީގެ ރައްޔިތުންވެސް އަމަލުކުރަން ޖެހޭނެކަމަށެވެ. ސައުދީން ވަނީ މީގެކުރިން ވެކްސިން ފުރިހަމަކުރިކަމަށް ބަލާނީ ބޫސްޓަރ ޑޯޒް ޖެހުމުންކަމަށްވެސް ކަނޑައަޅާ އުސޫލަށް ބަދަލު ގެނެސްފައެވެ. ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ބުނެފައިވަނީ އެޤައުމުގެ ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަން "ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާ މިންގަނޑަށް ފެބްރުއަރީ 1 އިން ފެށިގެން ބަދަލު އަންނާނެކަމަށެވެ.

މިއުސޫލަށް އަމަލުކުރަން ފެށުމުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ނޫނީ އާންމު ތަންތަނާއި، ފެސިލިޓީތަކާއި، ކުޅިވަރުކުޅެ މުނިފޫހިފިލުވާ ތަންތަނާއި، މަތިންދާ ބޯޓާއި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންނުކުރެވޭގޮތަށް ސައުދީން ވަނީ ނިންމާފައެވެ.

ސައުދީގެ އިންޓީރިއަރ މިނިސްޓްރީގެ ސްޕޯކްސްމަން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއުސޫލާ ޚިލާފުވި 24،319 މައްސަލައެއް ފާއިތުވި ހަފްތާގެ ތެރޭގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

ސައުދީގެ އިންޓީރިއަރ މިނިސްޓްރީގެ ސްޕޯކްސްމަން ވިދާޅުވީ ސައުދީން ބޭރަށް ދަތުރުކުރާ މީހުންވެސް ބޫސްޓަރ ޑޯޒް ޖަހަން ޖެހޭނެކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ސައުދީން ބޭރަށް ދަތުރުކުރެވޭނީ ބޫސްޓަރ ޑޯޒް ޖަހައިގެން ކަމަށް ވިދާޅުވިއެވެ.

ސައުދީގައި މިހާރު ފެންނަ ކޭސްތަކުގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ. ސައުދީގައި މިހާތަނަށް 58 މިލިއަން މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
24 ޖޫން 2024

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
08 ޖޫން 2024

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ
17 މެއި 2024

ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި

17 މެއި 2024
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
15 މެއި 2024

ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

15 މެއި 2024
ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
11 އޮކްޓޯބަރު 2023

އިސްރާއީލު ހަނގުރާމަ: ރިޔާޒާއި ތެލްއަވީވްގެ އެއްބަސްވުން ރޫޅިފައިވާ ދަނޑިވަޅެއްގައި ޗައިނާ އާއި ސައުދީގެ އަސްކަރީ ތަމްރީނުތަކެއް

11 އޮކްޓޯބަރު 2023
އިސްރާއީލު ހަނގުރާމަ: ރިޔާޒާއި ތެލްއަވީވްގެ އެއްބަސްވުން ރޫޅިފައިވާ ދަނޑިވަޅެއްގައި ޗައިނާ އާއި ސައުދީގެ އަސްކަރީ ތަމްރީނުތަކެއް
24 މާރިޗު 2023

އެމްބަސީ ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ އާއި އިރާނުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ

24 މާރިޗު 2023
އެމްބަސީ ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ އާއި އިރާނުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2022

ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި

14 ޑިސެމްބަރު 2022
ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް