Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތޮޅުތެރޭގެ ބޯހިޔާވަހިކަން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން، ކުޅުދުއްފުށީގައި 10 ބުރީގެ ފްލެޓްތަކެއް އިމާރާތްކުރުމަށް މަޝްވަރާ ކުރަނީ

400 އެޕާޓްމަންޓް އެޅުމަށް ފުރަތަމަ ޕްރޮޕޯސްކުރީ 4 ފްލޯގެ އިމާރާތްތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2022 | ހޮނިހިރު 11:28
ކުޅުދުއްފުށީގައި ކުރިން އަޅާފައިވާ ފްލެޓްތައް

ކުޅުދުއްފުށީގައި ކުރިން އަޅާފައިވާ ފްލެޓްތައް

ކުޅުދުއްފުށީގައި އަޅާ 400 އެޕާޓްމަންޓާއި ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 400 އެޕާޓްމަންޓާ ގުޅޭ މަޝްވަރާތައް ސިޓީ ކައުންސިލާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއެކު ފެށިގެން ކުރިޔަށްދާ ކަމަށެވެ. 400 އެޕާޓްމަންޓް އެޅުމަށް ފުރަތަމަ ޕްރޮޕޯސްކުރި 4 ފްލޯގެ އިމާރާތްތައް، ކުޅުދުއްފުށީގެ ބިމުގެ ދަތިކަމަށް ބަލާފައި 10 ފްލޯއަށް ބަދަލުކޮށް، ގްރައުންޑް ފްލޯ ޕާކިން ސްޕޭސްއަށާއި ކޮމަރޝަލް ބޭނުމަށް ހުސްކުރުމަށް ކައުންސިލުން އެދިފައިވާނެ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާތިފް ވިދާޅުވީ އުންމީދަކީ 2012އިން 2018އަށް ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސް މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިތިބި އާއިލާތަކަށް އަވަސް ތަސައްލީއެއް ލިބިގެން ދިއުން ކަމަށެވެ. މީގެ ކުރިން އެރަށުގައި އިމާރާތް ކުރަން ފެށި ރޯހައުސްތަކުގެ ތެރެއިން މިސަރުކާރުން މިހާތަނަށް 40 ރޯހައުސް މަރާމާތުކޮށް ނިންމާފައިވާ ކަމަށާއި، 105 ރޯހައުސް މަރާމަތު ކުރުމުގެ މަސައްކަތް މިހާރުވެސް ހިންގަމުންދާ ކަމަށެވެ.

ރަށްރަށުގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މުޅި ރާއްޖޭގައި ކުރިޔަށްގެންދާ 1.5 ބިލިއަން ހައުސިންގ މަޝްރޫއުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގެއަޅާނެ ރަށްތައް ކަނޑައެޅުމުގެ ގޮތުން ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ރާއްޖެޓީވީން ގެނެސްދިން ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާ މަޝްވަރާކުރަމުންދަނީ ތަންތަން އަޅާނެ ބިން ކަނޑައެޅުމާއި, އަޅާނީ ގެތޯ ރޯހައުސްތޯ ނުވަތަ ފްލެޓްތޯ ކަނޑައެޅުމަށް ކަމަށެވެ. ގިނަ ރަށްރަށުގައި މިހާރު އެކަންކަން ފައިނަލްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރަށް އަވަހަށް މިމަޝްރޫޢު ޓެންޑަރިންގއަށް ހުޅުވާލާނެކަމަށެވެ. އަދި މިމަޝްރޫއުގެ އެޅޭނެ ހައުސިންގ ޔުނިޓްތައް އޭރުން ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޓެންޑަރއިން އަދި އަގުތަކެއް ނުލިބޭ ކަމަށާއި، ޓެންޑަރއިން ސަބްމިޓް ކުރުމުން މަދުވެގެން 1500 ހައުސިން ޔުނިޓް އެޅޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ލޯންގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ގެދޮރުވެރިޔާ ލޯނާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ, ލޯން ދޫކުރަން ފެށިތާ ކައިރީގައި މިކަމަށް ލިބުނު ތަރުހީބު ކުޑަނަމަވެސް މިހާރު ލިބެމުންދާ ތަރުހީބު ރަނގަޅުކަމަށެވެ. ގެ ހެދުމުގެ މަސައްކަތް ފެށުމަށްފަހު ނިންމާނުލެވި ތިބި ފަރާތްތަކަށް, އެމަސައްކަތް ނިންމާލުމުގެ ފުރުސަތު ގެދޮރުވެރިޔާ ލޯނުން ލިބިގެންދެއެވެ.

ސަރުކާރުން އަންނަނީ މި ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހައްލެއް ހޯދައިދިނުމަށް އެކި މަޝްރޫއުތައް ހިންގަމުންނެވެ.

ކުޅުދުއްފުށި ސިޓީމިނިސްޓްރީ އޮފް ހައުސިން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު