Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްކަންދަރު ސްކޫލު ދޮރުމަތީ ހަޅުތާލުކުރުން

އިސްކަންދަރު ސްކޫލް ކުރިމައްޗަށް އެއްވެ އިންޑިއާ އައުޓަށް ގޮވައިފި

ވޯޓު ގަންނަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 07:49
އިސްކަންދަރު ސްކޫލް ގޭޓް ދޮރުމައްޗަށް އެއްވެ ތިބި މީހުން ފަހަތަށް ޖައްސަނީ

އިސްކަންދަރު ސްކޫލް ގޭޓް ދޮރުމައްޗަށް އެއްވެ ތިބި މީހުން ފަހަތަށް ޖައްސަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ މާލޭ ވޯޓު ފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ކުރިމައްޗަށް ގިނަ ބަޔަކު އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށް އިންޑިއާ އައުޓަށް ގޮވައިފިއެވެ.

އެސަރަހައްދުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ ގިނަ ބަޔަކު ތިބިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މީހުން ވެސް ތިއްބެވެ. އެމީހުން އަޑު ގަދަކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާފައިއެވެ. އަދި ވޯޓު ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން ''އިންޑިއާއައުޓް'' އަށް ގޮވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްކަންދަރުގެ ސްކޫލު ދޮރުމަތީގައި ރީތީ ފޮޓޯއާ ޖެހިގެން ޖަރާޖެއްގެ ތެރޭގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި ދާއިރާތަކުގެ މެމްބަރުންނާއި އެކްޓިވިސްޓުން, ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އެކަމާވެސް އިދިކޮޅަށް ނިސްބަތްވާ މީހުން އަޑު ގަދަކޮށްފައިވެއެވެ. ނަމަވެސް އެތަނުގައި ކެމްޕެއިނުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިސްކަންދަރު ސްކޫލު ސަރަހައްދުގެ ސަލަމާތީކަންކަން ބެލެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަޑުގަދަވެ، ހަމަނުޖެހުން ހިންގަފާނެކަމަށް ބެލެވޭތީ އެސްއޯ ފުލުހުން އެތަނަށް ގޮސް ސްކޫލް ގޭޓް ސަރަހައްދުން މީހުން ދުރަށް ޖައްސާފައިވެއެވެ. ހަމަނުޖެހުން ހިންގުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި އިލެކްޝަން ކޮމިޝަން (އީސީ)ގެ އޮފިޝަލަކު ވިދާޅުވީ, ވޯޓުލުމަށް އަންނަ މީހުންނަށް ފަސޭހައިން ވޯޓުލާ މަރުކަޒަށް ވަދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ގޭޓް ދޮރުމަތީގައި ގިނަ ބަޔަކު އެއްވެ ތިބުމުން އެކަމުގެ ދަތިތައް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން ވޯޓުލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ވޯޓުލުމަށް އަންނަ މީހުންގެ ޓެމްޕަރޭޗަރ ބެލުމާއި، 3 ފޫޓުގެ ގައިދުރު ކަމަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓުލުމަށް އަންނަ ފަރާތްތަކުން ވެސް އެޗްޕީއޭގެ އުސޫލުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

އިންޑިއާ އައުޓްކޮމަންޑޫ ދާއިރާ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު