Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެއިޖިން އޮލިމްޕިކްސް

އޮލިމްޕިކް ޓޯޗާއެކު ޝާހިދު ދުވެވަޑައިގެންފި

އޮލިމްޕިކް ޓޯޗު ރިލޭގައި ގައުމުތަކުގެ ރައީސުންނާއި، ކުޅިވަރު އެތުލީޓުން ބައިވެރިވެފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 4 ފެބުރުއަރީ 2022 | ހުކުރު 19:13
އޮލިމްޕިކް ޓޯޗާއެކު އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު (ކ) އަދި އައިއޯސީގެ ރައީސް ތޯމަސް ބާކް (ވ)

އޮލިމްޕިކް ޓޯޗާއެކު އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު (ކ) އަދި އައިއޯސީގެ ރައީސް ތޯމަސް ބާކް (ވ)

މި މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ފަށާ ފިނި މޫސުމުގެ އޮލިމްޕިކް ގޭމްސްގެ ޓޯޗާއެކު އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދުވެވަޑައިގެންފިއެވެ.

ހުކުރު ދުވަހު ޝާހިދު އޮލިމްޕިކް ޓޯޗާއެކު ދުވެވަޑައިގެންއިރު، އޮލިމްޕިކް ޓޯޗު ޝާހިދާ ހަވާލުކުރެއްވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކެވެ.

އޮލިމްޕިކްސް ޓޯޗާއެކު ދުވެވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އޮލިމްޕިކް ގޭމްސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ސުލްހަވެރި އަމާންކަމާއެކު އެކުވެރިކަން ފާޅުކުރާ މުނާސަބަތެއް ކަމަށެވެ. އަދި އޮލިމްޕިކް ގޭމްސްގެ ޓޯޗާއެކު ދުވެވަޑައިގަންނަވަން ލިބުން އެއީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އޮލިމްޕިކް ޓޯޗުން ދައްކުވައިދެނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އިތުރުން އުއްމީދު ކަމަށެވެ.

އޮލިމްޕިކް ޓޯޗު ރިލޭގައި 1200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، މި ރިލޭގައި ގައުމުތަކުގެ ރައީސުންނާއި، ކުރީގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.

ބެއިޖިން އޮލިމްޕިކްސްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
04 ޖޫން 2023

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"
02 ޖޫން 2023

ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި

02 ޖޫން 2023
ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު